01 އެޕްރީލް 2018 - 15:35

ކާ އެއްޗެހި ޑެލިވާކޮށްދެން ދިޔަ ސީ ހައުސް ކެފޭގެ މުވައްޒަފަކަށް ރޭ ހަމަލާދީފި އެެވެ.
ސީ ހައުސްގެ އޮފިޝަލަކު ވިދާޅުވީ ރޭ 12:30 ހާއިރު އެ ތަނުގެ ބިދޭސީ މުވައްޒަފަކަށް ހަމަލާދިނީ އެންޒީ ފިހާރަ ހުންނަ ދޮންއަދަރާދަ ހިނގުމުން ކަމަށެވެ.
"އެންމެ މީހަކު މި ދިޔައީ ކާ އެއްޗެހި ޑެލިވާކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
ސީ ހައުސްގެ އޮފިޝަލް ޓްވީޓްގައި، އެކަން ސިފަކުރީ "ޒަމާނަށް ނުފެތޭ ޒުވާނުންތަކެއް"ގެ އަމަލެއްގެ ގޮތުގަ އެވެ.
އެ ތަނުން ބުނި ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭން ގެންދިޔަ އެއްޗެހިތައް އަތުލީ މުވައްޒަފު ހުއްޓުވުމަށް ފަހު، ބިރު ދައްކައި އަދި އެވަރުން ނުވެގެން އަނިޔާ ވެސް ކޮށްގެންނެވެ.
އޭނާ ދިޔައީ ހަމަލާ ދިން ހިސާބުގަނޑުގައި ހުރި ގެޔަކަށް ކަމަށް ވެސް ސީ ހައުސްގެ އޮފިޝަލް ވިދާޅުވި އެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ޑެލިވަރީކުރަން ގެންދިޔަ ބައެއް އެއްޗެހި ހުރީ މަގުމައްޗަށް ވެއްޓިފަ އެވެ. ހަމަލާދިން މީހުން އެއްވެސް އެއްޗެއް ގެންދިޔަ ކަމަކަށް ސީ ހައުސްއިން ނުބުނެ އެވެ.
ކާ އެއްޗެހި ޑެލިވާ ކޮށްދޭން ދާ މީހުންނަށް މީގެ ކުރިން ވެސް ބައެއް ފަހަރު ހަމަލާދީ ފޭރިގެންފައިވެ އެވެ.