ދެކުނު ކޮރެއާގެ ބައިލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެޕަލް އަށް ދައުވާކޮށްފި
ދެކުނު ކޮރެއާގެ ބައިލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެޕަލް އަށް ދައުވާކޮށްފި

އެޕަލްގެ އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް ތުރާވާ ގޮތަށް ފޯންގެ ސޮފްޓްވެއާ ސްލޯ ކުރި ކަމަށް ބުނާ މައްސަލާގައި، ދެކުނު ކޮރެއާގެ 50،000 އަށް ވުރެ ގިނަ ކަސްޓަމަރުން އެޕަލް އާއި އެ ކުންފުނީގެ ކޮރެއާ ގޮތްޕާ ދެކޮޅަށް ދައުވާ ކުރަން ސޯލް ސެންޓްރަލް ޑިސްޓްރިކް ކޯޓަށް ހުކުރު ދުވަހު ހުށަހަޅައިފި އެވެ.

ދެކުނު ކޮރެއާގެ ބައިލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެޕަލް އަށް ދައުވާކޮށްފި
ދެކުނު ކޮރެއާގެ ބައިލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެޕަލް އަށް ދައުވާކޮށްފި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަސްޓަމަރުންނަށް އެޕަލް އިން "މަކަރު ހަދައިފައިވާތީ" ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 200،000 ކޮރިއަން ވޮން (12.75) ބިލިއަން ޑޮލަރު ނަގައި ދޭން އެދިފައި ވަނީ 63,767 ކަސްޓަމަރެކެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަނުރާއި މެދުވެރިކޮށެވެ. އެ މީހުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ އެޕަލް އައިފޯންގެ ސޮފްޓްވެއާ ސްލޯކޮށްފައި ވަނީ، އެ ކުންފުނިން ނެރޭ އާ ފޯންތައް ކަސްޓަމަރުންނަށް ގަންނަން މަޖުބޫރު ކުރުވުމުގެ މަގުސަދުގައި ކަމަށެވެ.

އެކަމަކު މިއީ ވިޔަފާރީގައި ހެދި ވަރަށް ބޮޑު މަކަރެއް ކަމަށާއި "އެޕަލް އިން ކަސްޓަމަރުން ފެލައިލަން" އުޅުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެޕަލްއާ ދެކޮޅަށް ދެކުނު ކޮރެއާގައި އެންމެ ފުރަތަމަ ދައުވާ ކުރަން އުޅުނު ކަސްޓަމަރުންގެ އަދަދު 400،000 އަށް އަރަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންގެ ގާނޫނީ ލިޔެކިޔުންތައް ފުރިހަމަ ނުވެގެން އެ އަދަދު ދަށްވީ އެވެ.

މިއީ އެ ގައުމުގެ ތާރީހުގައި ވެސް މައްސަލައަކާ ގުޅިގެން އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ކޯޓަށް ދާން ނިންމި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިދިޔަ ޖެނުއަރީ މަހު ކޮރެއާގެ ސިވިކް ގްރޫޕަކުން ވެސް ވަނީ އެޕަލް އިން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ، އައިފޯން ބޭނުން ކުރާ 400 އަށް ވުރެ ގިނަ މީހުންގެ ނަމުގައި އެޕަލްއާ ދެކޮޅަަށް ދައުވާކޮށްފަ އެވެ، އެ މީހުންގެ ދައުވާގައި ވަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ބޮލަކަށް 2،070 ޑޮލަރު ނަގައި ދޭން އެދިފަ އެވެ.