ކެޓްރީނާގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ނެރޭނީ ރެމޯ ޑި ސޫޒާ
ކެޓްރީނާގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ނެރޭނީ ރެމޯ ޑި ސޫޒާ

ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފް ބޮލީވުޑަށް ތައާރަފްކުރާ ވާހަކަ ދެކެވޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ކުރިން އަޑު އެރި ގޮތުން އޭނަގެ ފުރަތަމަ ފިލްމަކަށް ވާނީ ދައްތަ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފް ކުރާ ފިލްމް "ލަވްރެތަރީ" އެވެ.

ކެޓްރީނާގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ނެރޭނީ ރެމޯ ޑި ސޫޒާ
ކެޓްރީނާގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ނެރޭނީ ރެމޯ ޑި ސޫޒާ

އެކަމަކު އެ ފިލްމްގެ ބަތަލާގެ ރޯލަށް ހަމަޖައްސާފައި ވަނީ ވަރީނާ ހުސައިނެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން އީޒަބެލް، 32، ގެ ބޮލީވުޑަށް ތައާރަފްކުރާނީ މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ފިލްމަކުންނެވެ.

ސަލްމާން 2015 ގައި ޕްރޮޑިއުސް ކުރި ފިލްމް "ހީރޯ" އިން ބޮލީވުޑަށް ނުކުތް ސޫރަޖް ޕަންޗޯލީ ބަތަލުގެ ރޯލް ކުޅޭ އެ ފިލްމަކީ ނެށުމުގެ ތީމަކަށް ހަދާ "ޓައިމް ޓް ޑާންސް" އެވެ. ފިލްމްގެ ޑައިރެކްޓަރަކީ ރެމޯއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސްޓޭންލީ ޑި ކޯސްޓާ އެވެ.

ރެމޯގެ ފިލްމަކުން އީޒަބެލް ބޮލީވުޑަށް ނެރެން އަމާޒު ހިފާފައިވާ އިރު ރެމޯ ޑައިރެކްޓް ކުރާ ޑާންސް ފިލްމަކަށް ކެޓްރީނާ ވެސް ސޮއިކޮށްފައިވެ އެވެ. އެއީ އަދި ނަމެއް އިއުލާންކޮށްފައި ނުވާ އެކަމަކު ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ ވަރުގަދަ ޑާންސް ފިލްމެވެ. އެ ފިލްމްގައި ކެޓްރީނާ ފެނިގެން ދާނީ ވަރުން ދަވަންއާ އެކުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޓައިމް ޓް ޑާންސް" ގެ ތައްޔާރީތައް ސޫރަޖާ އެކު، އީޒަބެލް މިހާރު ވަނީ ފަށައިފަ އެވެ. އަދި މާ ލަސްތަކެއް ނުވެ ފިލްމްގެ ޝޫޓިން ވެސް ފަށާނެ އެވެ.

"ޓައިމް ޓު ޑާންސް" އަކީ އީޒަބެލްގެ ފުރަތަމަ ބޮލީވުޑް ފިލްމް ކަމަށް ވިޔަސް އޭނާ ވަނީ 2014 ގައި ރިލީޒް ކުރި ކެނެޑާގެ ފިލްމް "ޑރ. ކެބީ" ގައި ބަތަލާގެ ރޯލް ކުޅެފަ އެވެ. އެ ފިލްމަކީ ސަލްމާން ކޯ-ޕްރޮޑިއުސް ކުރި ފިލްމެކެވެ.