އެމެރިކާ ދަތުރުފުޅުގައި ސައޫދީ ޕްރިންސް މުހައްމަދު ކޮފީއަކަށް
އެމެރިކާ ދަތުރުފުޅުގައި ސައޫދީ ޕްރިންސް މުހައްމަދު ކޮފީއަކަށް

ބައެއް ގައުމުތަކުގެ ވެރިން ކޮފީޝޮޕްތަކާއި ކެފޭތަކުން ފެނުމަކީ އާދައިގެ ކަމަކަށް ވިޔަސް ސައޫދީ އަރަބިއްޔާގެ ވެރިޔަކު އެހެން ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ތަޚުތު ލިބިވަޑައިނުގެން ނަމަވެސް ސައޫދީގެ ވެރިޔާގެ ގޮތުގައި ސިފަކުރެވޭ މުހައްމަދު ބިން ސަލްމާން މި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އާންމު އުސޫލުތައް އެއްފަރާތްކުރެއްވުމަށް ފަހު ކޮފީއަކަށް ވަޑައިގަތެވެ.

އެމެރިކާ ދަތުރުފުޅުގައި ސައޫދީ ޕްރިންސް މުހައްމަދު ކޮފީއަކަށް
އެމެރިކާ ދަތުރުފުޅުގައި ސައޫދީ ޕްރިންސް މުހައްމަދު ކޮފީއަކަށް

ނިއު ޔޯކްގައި ހުންނަ ސްޓާ ބަކްސްގެ ކޮފީ ޝޮޕަކުން މުހައްމަދު ފެނުނީ ނިއު ޔޯކްގެ މޭޔަރުކަން ކުރެއްވި ބިލިއަނަރު، މައިކަލް ބްލޫމްބާގާއި އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރާއި އެހެން ބައެއް ބޭފުޅުންނާ އެކުގަ އެވެ.

ކޮފީ ޝޮޕުން މުހައްމަދު ފެނުނީ ނުރަސްމީ ގޮތަކަށެވެ.

މުހައްމަދުގެ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި ދެ ގައުމުގެ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި އެމެރިކާގެ ބޮޑެތި 40 ކުންފުންޏެއްގެ ވެެރިންނާ ބައްދަލުކުރައްވައި ސައޫދީން މިހާރު ހިންގާ ބިޔަ މަޝްރޫއުތަކުގައި އިވެސްޓްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.