ރެހެންދި ފްލެޓް ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތް
ރެހެންދި ފްލެޓް ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތް

ޓީވީ ކޮށީގައި އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓުން ފްލެޓް ވިއްކުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، އެ ތަނުން ފްލެޓް ގަތުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

ހައުސިން މިިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތް ފަސޭހަ ދިިރިއުޅުން" ސިޔާސަތުގެ ދަށުން ރެހެންދި އެކަކުން އެއް ފްލެޓް އަދި ރެހެންދި ތިނަކުން 10 ފްލެޓް ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފްލެޓްތައް ވިއްކުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ވެސްް ވަނީ އިއުލާނު ކޮށްފަ އެވެ. އެކަމަކު އިއުލާނަށް އެކި ފަހަރު މަތިން ބަދަލުތަކަށް ގެނައުމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ފްލެޓްގެ އަގާއި ފޯމުތައް އިވެލުއޭޓް ކުރާނެ ގޮތާއި ފްލެޓް ލިބޭ މީހުން ކަނޑައަޅާނެ ގޮތާއި ފްލެޓްތަކުގެ ކުރެހުމާއި މިންތަކާއި އިތުރު މައުލޫމާތު، ގަތުމަށް ހުށަހަޅާ ފޯމާއެކު ދޭނެ އެވެ.

މި ފޯމާއި މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އަންނަ މަހު 14 ގެ ނިޔަލަށް ހައުސިން މިނިސްޓްރީން ދޫކުރާނެ ކަމަށް އެ ތަނުން ބުންޏެވެ.