29 މާޗް 2018 - 18:26

ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.
ފެނަކަ އިން ބުނީ އެ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އުފައްދައި، އެ މަގާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް ހަމަޖެއްސީ ކުންފުނީގެ ބޯޑުން ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ފެނަކަ ވަގުތީ ގޮތުން ހިންގެވުން މި މަހުގެ ކުރީކޮޅު ހަވާލު ކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާ އެވެ.
އަބްދުއްރައްޒާގަށް އެ މަގާމު ދިނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.
ޝަރީފަކީ މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސެވެ.