ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ
ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ

ބަތަލާ ޖެނިފާ އެނިސްޓަން އާއި އެކްޓަރު ޖަސްޓިން ތެރަކްސް މިދިޔަ މަހު ރަސްމީކޮށް ވަކިވިކަން އިއުލާން ކުރި ފަހުން، އެނިސްޓަންގެ ހަޔާތަށް ވަނީ ވަރަށް ބޮޑު ފަޅު ކަމެއް އައިސްފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން، އެނިސްޓަންގެ މަތިން އެއްކޮށް ހަނދާން ނައްތާލައި، ޖަސްޓިން މިހާރު ވަނީ އާ ލޯބިވެރިޔަކު ވެސް ހޯދައިފަ އެވެ.

ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ
ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ

މިހާރު މާ ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވޭތީ، އެނިސްޓަން އާންމުކޮށް އުޅެނީ ކޮންމެވެސް ކަމެއްގައި ބިޒީވެލައިގެން ކަމަށްވެ އެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވެ، ތަސައްލީއެއް ގެނެސްދެނީ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ވިންސް ވޯގް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ
ޖެނިފާ އެނިސްޓަން އަށް ކުރީގެ ލޯބިވެރިޔާ ވިންސް ވޯގްގެ އެހީ

ވިންސް އާއި އެނިސްޓަން އެކުގައި 2006 ގެ "ދަ ބްރޭކް-އަޕް" ކުޅުނު އިރު، ދެ މީހުން ރައްޓެހިވެން އަހަރެއްހާ ދުވަސް ވަންދެން އުޅުނެވެ. އެކަމަކު ފިލްމްގެ ނަމާ އެއްގޮތަށް ދެ މީހުން ބްރޭކް-އަޕްވީ އެވެ.

ވިންސް މިހާރު އުޅެނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި އުޅޭ ކައިލާ ވެބާއާ ކައިވެނިކޮށްގެންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2010 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެނިސްޓަން އާއި ޖަސްޓިން ވަކިވި ފަހުން، ވިންސް އާއި އެނިސްޓަން ވަރަށް ގިނައިން ފޯނުން ވާހަކަ ދައްކަ އެވެ. އަދި އެއީ ވިންސްގެ ފަރާތުން އެކި ކަންކަމުގައި ހިޔާލާއި މަޝްވަރާ ހޯދަން ކަމަށްވެ އެވެ.

"އެނިސްޓަން އާއި ވިންސް ވަކިވި ނަމަވެސް ދެ މީހުންގެ މެދުގައި އަބަދުވެސް އެކުވެރިކަން އޮވޭ. އަނެއްކާ ވިންސް އަބަދު ވެސް ޖެނިފާ އަށް ވަރަށް ކެއާ ކުރޭ،" އެ ދެ މީހުންނާ ގާތް މީހަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

އެނިސްޓަން އާއި ޖަސްޓިން ވަކިވުމާ އެކު، ވަރަށް ގިނަ ބަޔަކު ވަނީ އެނިސްޓަން އާއި އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް އަލުން ގުޅޭނެ ކަމަށް ވެސް ބުނެފަ އެވެ. އެނިސްޓަންގެ ކައިވެނި ރޫޅުނު އިރު، ޕިޓާއި އެންޖެލީނާ ޖޮލީގެ ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ. އެހެންވެ އެނިސްޓަން އާއި ޕިޓް ގުޅިދާނެ ކަމަށް ލަފާ ކުރާ މީހުން ބައިވަރެވެ.

ނަމަވެސް އެނިސްޓަންއާ އެކު "ފްރެންޑްސް" ސިލްސިލާގައި މަސައްކަތް ކުރި ބަތަލާ ކޯޓްނީ ކޮކްސް ވަނީ ޕިޓާ އަލުން ނުގުޅެން އެނިސްޓަންގެ ކައިރީގައި އެދިފައި ކަމަށްވެ އެވެ.