27 މާޗް 2018 - 23:09

އެޕަލް ޕެންސިލް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ދަރިވަރުންނަށް ހާއްސަ އައިޕެޑެއް އެޕަލް އިން ނެރެފި އެވެ.

އަންގާރަ ދުވަހު އެމެރިކާގެ ޝިކާކޯގައި އޮތް ތައުލީމާ ބެހޭ އިވެންޓެއްގައި އެޕަލް އިން ނެރުނު އައިޕެޑްގެ އަގަކީ 329 ޑޮލަރެވެ.
މި އައިޕެޑަކީ 9.7 އިންޗީގެ ސްކްރީނެއް އެކުލެވޭ، އެއް ފަހަރުގެ ޗާޖުން 10 ގަޑި އިރަށް ބޭނުން ކުރެވޭ އައިޕެޑެކެވެ. އަދި 32 ގިގަބައިޓްގެ ސްޓޯރޭޖާ އެކު 8 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެ އެވެ.
މީގެ އެންމެ ހާއްސަ އެއް ކަމަކީ ކަރުދާހުގައި ފަންސުރުން ލިޔާހާ ފަސޭހަކޮށް އެޕަލް ޕެން ބޭނުން ކުރެވޭތީ އެވެ. އެގޮތުން ލިޔާށާއި ކުރެހުމުގެ އިތުރަށް ތަފާތު ސްކެޗިންތަކަށް ޕެންސިލް ބޭނުން ކުރެވޭނެ އެވެ. އެޕަލް އިން ބުނި ގޮތުގައި އާ އައިޕެޑް ފަރުމާކޮށްފައި ވަނީ ޑިޖިޓަލް ކްލާސްރޫމްތަކަށް ވަކިން ހާއްސަކޮށްގެންނެވެ. އެގޮތުން މި އައިޕެޑާ އެކު ސްކޫލްވޯކް އާއި ކްލާސްކިޓް ކިޔާ އެޕްތަކެއް ވެސް އެޕަލް އިން ވަނީ ލޯންޗްކޮށްފަ އެވެ.
އެކަމަކު އެ އެޕްތައް އާންމުކޮށް ބޭނުން ކުރަން ލިބޭނީ ޖޫން މަހުގެ ތެރޭގަ އެވެ.
މީގެ އައިޕެޑާ އެކު 200 ޖީބީގެ އައިކްލައުޑް ސްޓޮރޭޖް ވެސް ދޭނެ އެވެ.