30 މާޗް 2018 - 08:17

ފުޅީގައި ބަންދުކުރި ފެން ބުއިން އާދައަކަށް ވެފައި ވިޔަސް މިހާރު އެންމެ ރައްކާތެރި ގޮތަކީ އިސްކުރުން އަންނަ ފެން ފިލްޓަރު ކޮށްގެން ބޭނުންކުރުން ކަމަށް ބުނެ އެވެ. އެކަމަކު ފިލްޓަރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ.
މިއީ ފެން ފިލްޓަރުކުރަން ފަސޭހަ އީޖާދެކެވެ. މި ފިލްޓަރުން ފެން ސާފުކުރުމަށް، ފިލްޓަރު ފުޅީގެ ތެރެއަށް ވައްޓާލަންވީ އެވެ. އެއީ ފިލްޓަރު ހޮޅިއެކެވެ. ގޯފިލްޓަރަކީ އެއްފަހަރަށްވުރެ ގިނަފަހަރަށް ފެން އަޅައިގެން ގެންގުޅޭ ފުޅިފުޅީގައި ބޭނުންކުރަން އުފައްދާފައިވާ ފިލްޓަރެކެވެ. ފުޅިއަށް ފެން އަޅާފަ މީގެ ގޯފިލްޓަރު ހޮޅިއެއް ފުޅީތެރެއަށް ލުމުން އިރުކޮޅެއްތެރޭ، ފެނުގައި ހުރި ވިހަ މާއްދާތަކާއި ނުބައި ވަހުން ފެންފޮދު ސަލާމަތްކޮށްދެއެވެ. މީގެ ފިލްޓަރުގެ އުމުރަކީ ތިން މަހެވެ. އެހާ ދުވަސް ވަންދެން ފުޅިތެރޭ ބާއްވައިގެން ފެން ސާފުކުރެވޭނެއެވެ.
ގޯފިލްޓަރު ބޭނުންކުރުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފުޅިފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަށް ކުރަންޖެހޭ ޚަރަދުން ސަލާމަތްވާނެ މަގެކެވެ.