ކާޑީ ބީގެ އަލަތު އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" އަންނަ މަހު ނެރެނީ
ކާޑީ ބީގެ އަލަތު އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" އަންނަ މަހު ނެރެނީ

ރެޕާއެއްގެ ގޮތުގައި ވިދަމުން އަންނަ އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ކާޑީ ބީގެ އަލަތު އަލްބަމް އަންނަ މަހު ނެރޭކަން އިއުލާންކޮށްފި އެވެ.

"އިންވޭޝަން އޮފް ޕްރައިވެސީ" ގެ ނަން ދީފައިވާ އަލްބަމްގެ ކަވަރު އިސްޓަގްރާމްގައި ދައްކާލައި، އޭނާ ބުނީ އަލްބަމް ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 6 ގައި ކަމަށެވެ.

އަލްބަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަނުކުރި ނަމަވެސް، އެ އަލްބަމް ނެރޭނީ އެޓްލާންޓިކް ރިކޯޑްސްގެ ތައްގަނޑާ އެކުގަ އެވެ. ކާޑީ ބީ، 25، ގެ ރެކޯޑް ލޭބަލަކަށް އެޓްލާންޓިކް ރިކޯޑްސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އޭނާގެ ފުރަތަމަ ސިންގަލް "ބޮޑެކް ޔެލޯ" ވެސް ނެރުނީ އެ އެޓްލާންޓިކްގެ ދަށުންނެވެ. ކާޑީ ބީ މިހާތަނަށް ނެރެފައިވާ ލަވަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބިފައިވެ އެވެ. އެގޮތުން މި އަހަރު ނެރުނު "ބޮޑެކް ޔެލޯ" އަކީ ޔޫއެސް ބިލްބޯލް ހޮޓް 100 ޗާޓުގެ އެއް ވަނައިން ޖާގަ ހޯދާފައިވާ ލަވައެކެވެ.