28 މާޗް 2018 - 06:55

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ނެޓްފްލިކްސް އަށް ކުޅުނު ފުރަތަމަ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަންނަ ޖުލައި މަހުގެ 6 އިން ފެށިގެން ދައްކަން ނިންމައިފި އެވެ.
ޕްރިމިއާ ތާރީހާ އެކު ނެޓްފްލިކްސް އިންޑިއާ ވަނީ ވެބް ސީރީޒްގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ.
"ބޮމްވޭ ވެލްވެޓް" އާއި "ގޭންސް އޮފް ވަސޭޕޫރް" ފަދަ ކާމިޔާބުތައް ފިލްމްތައް ގެނެސް ދީފައިވާ އަނޫރާގް ކެޝަޕް އާއި "ލުޓޭރާ" ގެނެސް ދިން ވިކްރަމަތަދިޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ "ސެކްރެޑް ގޭމްސް" އަކީ ހަމަ އެ ނަމުގައި އިންޑިއާގެ ލިޔުންތެރިޔާ ވިކްރަމް ޗަންދްރާ 2006 ގައި ލިޔެފައިވާ ވާހަކައަށް ބިނާކޮށް ހަދާފައިވާ ވެބް ސީރީޒެކެވެ. މީގެ މައިގަނޑު ވާހަކައަކީ ކުށުގެ ވެށްޓެއް ކޮންޓްރޯލް ކުރާ ފުލުހެއްގެ ވާހަކަ އެވެ.
ވެބް ސީރީޒްގެ ކާސްޓުންގެ ތެރޭގައި ސައިފާ އެކު ނަވާޒުއްދީން ސިއްދީގީ އާއި ރާދިޕާ އަޕްޓޭ ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
ބޮލީވުޑްގެ އޭ ލިސްޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް ބުނީ ނެޓްފްލިކްސްއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އާ ތަޖުރިބާއެއް ކަމަށެވެ. އަދި "ސެކްރެޑް ގޭމްސް" އާ ދޭތެރޭ އާންމުން ދެކޭ ގޮތް ބަލައިލަން ވެސް މިހާރު ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.
ޖުލައި މަހުގެ 6 އިން ފެށިގެން "ސެކްރެޑް ގޭމްސް" ދައްކަން ފަށާ އިރު، ފުރަތަމަ ސީޒަނުގައި ގެނެސް ދޭނީ 8 އެޕިސޯޑެވެ.
ނެޓްފްލިކްސްގެ އޮރިޖިނަލް ކޮންޓެންޓްތެ ތެރެއަށް "ސެކްރެޑް ގޭމްސް" އިތުރުވެގެން އަންނަ އިރު، ޝާހްރުކް ހާންގެ ރެޑް ޗިލީޒް އާއި ކަރަން ޖޯހަރްގެ ދަރްމާ އާއި އަނިކް ކަޕޫރާ ގުޅިގެން ވެސް ވެބް ސީރީޒްތަކެއް ގެނެސް ދޭން ނެޓްފްލިކްސް އިން ވަނީ ނިންމައިފަ އެވެ.