27 މާޗް 2018 - 07:03

މޭޒުމަތި ބަހައްޓާ ބައްތިއަކީ އެއިން ނުކުންނަ އައްޔަކުން މުޅި މާހައުލު ބަދަލުކޮށްލާ ބައްތިއެކެވެ. ޚާއްސަކޮށް ލުމިޔަރ އެސް އަކީ ބިއްލޫރިން ހަދާފައިވާ ބައްތިއެކެވެ. މި ބައްތިން ރަމްޒުކޮށްދެނީ ނެރުބައްތިއަކަށް ޖަހާފައިވާ އުއްބައްތިއެކެވެ.
މި ބައްތީގެ އަލި ކޮޓަރިއަށް އެޅިފައި ހުންނަނީ ބައްތީގައި ކަނޑާނަގާފައިވާ ކުރެހުންތަކުން ރީތި ރިވެއްޔެއް ކޮޓަރިތެރެއަށް ފަތުރަމުންނެވެ. މި ބައްތިން ދެ ބާވަތެއްގެ އަލި އިޚްތިޔާރުކުރެވެއެވެ. އެއީ ހަނދުވަރާއި މެންދަމުގެ އަލިކަމެވެ. ހަނދުވަރުގެ އަލިން ފަނޑު ހުދުކުލައެއް ފާޅުވެއެވެ. މެންދަމުގެ އަލިން ފާޅުވަނީ ފެހިއައްޔެކެވެ.
ލުމިޔަރ އެސް ކަރަންޓާ ގުޅަނީ ޔޫއެސްބީ ސީ ވާކޮޅަކުންނެވެ. 185ސެންޓިމީޓަރު ހުންނަ މި ކަރަންޓު ވަގަނޑު ދަމާލައިގެން ފޯރާ ހިސާބަކުން ކަރަންޓު ނަގަންވީއެވެ.