އަނޫބަވް ސިންހާ ދެން ހަދާނީ ސިޔާސީ ފިލްމެއް
އަނޫބަވް ސިންހާ ދެން ހަދާނީ ސިޔާސީ ފިލްމެއް

އަންނަ މެއި މަހު ރިލީޒްކުރާ "މުލްކް" އަށް ފަހު، ޑައިރެކްޓަރު އަނޫބަވް ސިންހާ ސިޔާސީ ފިލްމެއް ހަދަން ނިންމައިފި އެވެ.

އަނޫބަވް ސިންހާ ދެން ހަދާނީ ސިޔާސީ ފިލްމެއް
އަނޫބަވް ސިންހާ ދެން ހަދާނީ ސިޔާސީ ފިލްމެއް

ފިލްމްގެ ނަމަކީ "އަބީ ތޯ ޕާޓީ ޝްރޫ ހުއީ ހޭ" އެވެ. މީގެ ކާސްޓުންގެ ތެރޭގައި ސޯރަބް ޝުކްލާ، ރިޗާ ޗައްޑާ، ޕަންކަޖް ތުރިޕަތީ އަދި ކުމުދް މިޝްރާ ހިމެނެ އެވެ. ނަމަވެސް ފިލްމާ ބެހޭ ތަފުސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫބަވް، 52، އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2001 ގައި އޭނާ ގެނެސްދިން އަސަރުގަދަ ލޯބިީގެ ފިލްމް "ތުން ބިން" އާ އެކުގަ އެވެ. އެކަމަކު މުޅިން ތަފާތު ކާސްޓެއް ލައިގެން 2016 ގައި "ތުމް ބިން 2" ގެނެސްދިން ނަމަވެސް، ފުރަތަމަ ފިލްމުން ބެލުންތެރިންނަށް ދެއްކުވި ޖާދޫ ދެވަނަ ބައިން ދެއްކޭ ގޮތެއް ނުވި އެވެ.

އަނޫބަވް ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ޝާހްރުކް ހާން ސުޕަހީރޯ ފިލްމް "ރާ.ވަން" އާއި ސަންޖޭ ދަތާއި ޝިލްޕާ ޝެޓީގެ އެކްޝަން ތުރިލާ "ދަސް" ފާހަގަކޮށްލެވެ އެވެ.

މެއި 18 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "މުލްކް" ގެ ކާސްޓުންގެ ތެރޭގައި ރިޝީ ކަޕޫރް، ތާޕްސީ ޕައްނޫ، ޕްރަތީކް ބައްބަރު، ނީނާ ގުޕްތާ އަދި ރަޖަތު ކަޕޫރް ހިމެނެ އެވެ.