28 މާޗް 2018 - 06:51

ބޭނުންހާ ކުލައެއް ފަސޭހައިން ނުލިބުމަކީ ކުރެހުންތެރިންގެ ޝަކުވާއެކެވެ. މިކަމަށް އޮތް އެންމެ ތަކުލީފު ކުޑަ ހައްލަކީ "ޕީކަލަ ކުލަ މިކްސަ" އެވެ.
ޕީކަލަ އަކީ މޭޒުމަތީ ބަހައްޓާލެވޭހާ ކުޑަ ފޮށްޓެކެވެ. މި ފޮށްޓާއެކު ފަސް ކުލަ ފުޅި ހިމެނެއެވެ. އެއީ އާންމުކޮށް ކުލަ އެއްކުރަން ބޭނުންކުރާ ކަޅުކުލަ އާއި ހުދު ކުލަ އާއި ރީނދޫކުލަ އާއި ފިޔާތޮށިކުލަ އާއި ވިލު ކުލަ އެވެ. މި ކުލަތައް ބޭނުންކޮށްގެން ބޭނުން ކުލައެއް ނެރެވޭނެއެވެ. ހަދަންޖެހޭ ގޮތަކީ މޯބައިލް އެޕްގައިވާ "ކުލަ ކާޑު" އިޚުތިޔާރުކޮށްގެން ބޭނުން ކުލައެއް ހޮވާނީއެވެ.
ހަމަޖެއްސި ކުލަ، ބްލޫޓޫތުން ކުލަ ހަދާ ފޮށްޓަށް ފޮނުވާލާނީއެވެ. ކުލަ ހަދާ ފޮށްޓަށް މި މައުލޫމާތު ދިއުމުން ކުލަ އެއްކުރަމުން ބޭނުންވި ކުލަ ތައްޔާރުކުރާނެއެވެ. ކުލަ ތައްޔާރުވުމުން ފިބައަށާއި ކުލަ ފާޓާއަށާއި ކުރަހާ މީހުން ގެންގުޅޭ ކުލަ ޕެލެޓަށް އަޅައިގެން ކުލަޖައްސަން ފަށަންވީއެވެ.
ޕީކަލަ އަކީ ހައްދެއްނެތި ބޭނުން ވަރަކަށް ކުލަ އެއްކޮށްދޭ ކުލަ ހަދާ މެޝިނެކެވެ. ގެންގުޅެން ފަސޭހައެވެ.