19 ޖުލައި 2016 - 10:48

ލެމަންގްރާސްގެ ސިޓްރޯން ރެސްޓޯރަންޓުގެ ރޯދަ ވެދުން ޕްރޮމޯޝަންގެ ނަސީބުވެރިން ރޭ ހޮވައިފި އެވެ.
މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ސިޓްރޯން ރެސްޓޯރަންޓުގައި 250ރ. އަށް ވުރެ ގިނައިން ހޭދަ ކުރި ކޮންމެ ކަސްޓަމަރަކަށް ބައިވެރިވެވުނު މި ޕްރޮމޯޝަންގައި ދެ ނަސީބުވެރިން ވަނީ ހޮވާފަ އެވެ.
ސިޓްރޯން އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދޭ އިނާމުތަކަކީ އެލިއާ އިންވެސްޓްމަންޓާާ ގުޅިގެން ދޭ އިނާމުތަކެކެވެ.
"މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ރޯދަ ވިއްލާ ގަޑީގައި ކޮންމެ ދުވަހަކު ވެސް ރެސްޓޯރަންޓް އޮންނަނީ ފުރިފައި. އަދި އެ ނޫން ގަޑިތަކުގައި ވެސް ރެސްޓޯރަންޓުގެ އާންމު ކަސްޓަމަރުންނަށް އޮންނަނީ ރެސްޓޯރަންޓް ފުރާލާފައި،" ސިިޓްރޯންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިި ޕްރޮމޯޝަންގެ އެއްވަނަ އަށް ހޮވުނު ޝިހާދަށް ލިބުނީ ޔަމަހާ ބްރޭންޑުގެ އެންމެކްސް ސައިކަލެކެވެ. އަދި ދެވަނަ އަށް ދިޔަ ސަނާ އަލީ އަށް ލިބުނީ ޔަމަހާ މިއޯ އެމް3 ސައިކަލެކެވެ.