28 މާޗް 2018 - 06:51

އަނގައިގެ ސާފުތާހިރުކަމަށްޓަކައި ދަތް އުނގުޅުމުގައި ވެސް ޓެކްނޮލޮޖީގެ ރޮނގުން އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. ބެޓެރި ލެއްވި ބުރުހާއި ކަރަންޓު ބުރުހުގެ ޒަމާނެއް ވެސް ދެކެފީމެވެ. މިފަހަރު މި ފެނުނީ ބެޓެރީއަކަށް، ކަރަންޓަކަށް ބޭނުންނުވާ ބުރުހެކެވެ.
ބީ ގެ ނަމުން ނަން ދީފައިވާ ބުރުސް ހިންގަނީ ބުރުހުގެ ފުލުގައިވާ ގޮބު އަނބުރާލައި "ޗާބީ" ދީގެންނެވެ. ދެ ފަހަރު އަނބުރާލުމުން ބުރުސް 80 ހާސް ބުރު ޖަހާލެވެއެވެ. ގޮބަށް އަނބުރާލުމުން ބުރުހުގެ ދަތް އުނގުޅާ ބުރުސްގަނޑު އެނބުރެން ފަށައެވެ. ދެން ދަތްޕިލައިގައި ޖައްސާލުމުން ދަތް އުނގުޅެމުންދާނެއެވެ.
ބެޓެރީއާ ނުލައި ބޭނުންކުރާތީ މިއީ ތިމާވެށްޓާ ވަރަށް ރައްޓެހި ބުރުހެކެވެ. މި ބުރުސް އުފައްދާފައިވަނީ 100 ޕަސެންޓް ރިސައިކަލް ސާމާނު ބޭނުންކޮށްގެންނެވެ.