28 މާޗް 2018 - 06:50

ވެލްބީން ހާޓްސްކޯޕަކީ ހިތުގެ މަސްތަކުގައި ބާރު ހުރި މިންވަރުން ފެށިގެން ހިތުގެ ސިއްހަތުގެ ހުރިހާ ކަމެއް މިނައިދީ ކިރައިދޭ މޮނީޓަރެކެވެ. ހިތުގެ ހާލު ރަނގަޅުކުރުމަށާއި ހިތުގެ ބަލިތަކުން ދުރުވާން މިކަމުން އެހީތެރިވާނެ އެވެ.
ވެލްބީން ހާޓްސްކޯޕް މަސައްކަތްކުރަނީ އައިފޯނަށް ނުވަތަ އައިޕެޑަށް ގުޅައިގެންނެވެ. އެއަށްފަހު ވާތްފަރާތު މޭކަށިގަނޑުން ތިރީކައިރީގައި މި ޑިވައިސް ޖައްސާލައިގެން 20ސިކުންތު މަޑުކޮށްލާށެވެ. ލަސްތަކެއް ނުވެ އައިއޯއެސް އެޕަށް ނަތީޖާ ފޮނުވާލަދެއެވެ.
ވެލްބީންއަކީ ތިމާ ކަސްރަތުކުރާ މިންވަރު ވެސް ބަލައިދޭ ޑިވައިސް އެކެވެ. އިތުރަށް ރަގަޅުކުރަންވީ ކަންކަން އަންގައިދެއެވެ. އަދި ހިތަށް އެކިއެކި ބާވަތްތަކުން އަސަރުކުރާ މިންވަރު ބުނެދީ، ސިއްހީ ރަނގަޅު ނިންމުންތައް ނިންމަން އެހީތެރިވެދެއެވެ.