ކަނޑު އަޑިއަށް ދާން ލުއި ސްކޫޓަރެއް
ކަނޑު އަޑިއަށް ދާން ލުއި ސްކޫޓަރެއް

ކަނޑުއަޑީގެ ރީތި މަންޒަރުތަކަކީ ބަލާ ފޫހިނުވާހާ ރީތި މަންޒަރުތަކެކެވެ. މި މަންޒަރުތައް އެންމެ ސާފުކޮށް ފެންނާނީ ކަނޑުއަޑިއަށް ފީނައިގެންނެވެ. ފުޅި އަޅައިގެންނާއި މޫނުމަތި އަޅައިގެން ފީނާތަން ފެނެއެވެ. ސްކޫޓަރުގައި ވެސް މިހާރު ފީނަ އެވެ. އެކަމަކު މިއީ މާ ފަސޭހަ ސްކޫޓަރެކެވެ.

ޔަމަހާގެ އުފެއްދުމެއް ކަމަށްވާ ޔަމަހާ އެކްސްޕްލޯރާ ސީސްކޫޓަ އަކީ ކުޑަކުދިންނަށް ވެސް ރައްކާތެރިގޮތުގައި ބޭނުންކުރަން ދޫކުރެވިދާނެ ސްކޫޓަރެކެވެ. މިއީ 30 ފޫޓު އަޑިއަށް ފީނާގޮތަށް ހަދާފައިވާ، ގަޑިއަކު 2.5 މޭލުގެ ބާރުމިނުގައި ދަތުރުކުރާ އެއްޗެކެވެ. ހުންނަނީ ފަސް ކިލޯއެއްހާ ބަރުދަނެވެ. އުމުރުން 8 އަހަރުން މަތީގެ ކުދިންނަށް ގެންގުޅެވޭހާ ފަސޭހައެވެ.

އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ އަމިއްލައަށް މި ނިވޭނެ އެވެ. ކަރަންޓުން ޗާޖުކޮށްގެން ކަނޑުއަޑީގައި މި ސައިކަލު ގަޑިއެއްހާއިރު ދުއްވާލުމުގެ ބާރު ހުރެއެވެ.