ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"
ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"

ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަނެއްކާ ވެސް އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެނެސް، ކުރިއަށް އޮތް އޭޝިއަން ގޭމްސް އަށް އޭނާ ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެކަން ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫން ސާބިތުކޮށްދީފި އެވެ.

ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"
ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"

މި ވަގުތު މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ފަޒީލް އަތުން މިދިޔަ ނޮވެމްބަރު މަހު ގެއްލުނު ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް އޭނާ މުގުރާލީ ހޮނިހިރު ދުވަހު މޮރޮކޯގައި ބޭއްވި ރޭހެއްގަ އެވެ. ނޮވެމްބަރު މަހު ހުޅުމާލޭގައި ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 16:15 މިނެޓުން ދުވެ ޝިފާޒް މުހައްމަދު ހެދި ރެކޯޑް ފަޒީލް މި ފަހަރު މުގުރާލީ 15:50 މިނެޓުން ދުވެގެންނެވެ. ޝިފާޒުގެ ކުރިން އެ ރެކޯޑް ފަޒީލް އަތުގައި އޮތީ 2016 ވަނަ އަހަރުގެ ހަމަ އެ ރޭހުގައި 16:31 މިނެޓުން ދުވެގެންނެވެ. އެ ފަހަރު އޭނާ އެ އިވެންޓުން ރެކޯޑް މުގުރާލީ 27 އަހަރަށް ފަހު އެވެ.

ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"
ފަސް ކިލޯމީޓަރުގެ ރެކޯޑަށް ފަހު ފަޒީލް: "ހުއްޓުމެއް ނެތް!"

ފަޒީލް މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން ގޭމްސްގައި ފަސް ކިލޯމީޓަރުގެ ޓްރެކް އިވެންޓް ކަމަށްވާ 5000 މީޓަރު ދުވުމާއި 1500 މީޓަރު ރޭހަށެވެ. އޭނާ ބުނީ އަމާޒަކީ 5000 މީޓަރު ދުވުމުން އިވެންޓުގެ ގަދަ ފަހެއްގައި ހިމެނުނުން ނުވަތަ 15 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމުން ކަމަށެވެ.

"އެއީ އަމާޒަކީ. އެއަށް ވާސިލްވާން މި މަސައްކަތްކުރަނީ. މި ރެކޯޑް ގާއިމްކުރެވުމަކީ އަޅުގަނޑަށް އަމާޒަށް ވާސިލްވާން ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބެއް އަދި ހިތްވަރެއް،" ފަޒީލް ބުންޏެވެ. އަޅުގަނޑަކީ ގިވްއަޕް ކުރާނެ މީހެއް ނޫން. އަޅުގަނޑެއް ނުހުއްޓޭނަން."

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފަޒީލް ތަމްރީން ހަދަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގަ އެވެ. އަދި ބްރޭކަށް ފަހު އަލުން ތަމްރީން ފެށީ މީގެ ހަތަރު މަސް ކުރިންނެވެ. އޭނާ ބުނީ ތަމްރީން ތަކާއި ވަސީލަތްތަކާއި އަދި ކޯޗާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދަނީ. ވަރަށް ހިތްހަމަޖެހޭ. މިހާތަނަށް މިދިޔައީ ޖެނެރަލް ތަމްރީންތައް. ދެން އޮތީ ސީދާ ޓްރެކަށް ހާއްސަ ތަމްރީންތައް ކަމަށް ކޯޗު ވަނީ ބުނެފައި. އޭނާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ،" ފަޒީލް ބުންޏެވެ.

މި ތަމްރީންތަކާ އެކު ފަޒީލް ވަނީ 10 ކިލޯމީޓަރުގެ ރެކޯޑް ވެސް ވަރަށް ބޮޑު ކުރިއެރުމަކާ އެކު މި އަހަރުގެ ފެބްރުއަރީ މަހު އާކޮށްފަ އެވެ. އޭނާ މިދިޔަ އަހަރުގެ މާޗު މަހު 33:47 މިނެޓުން ދުވެގެން ހެދި ރެކޯޑް އާކުރީ މޮރޮކޯގެ މެކްނެސްގައި ބޭއްވި ސެމީ މެރެތަން އިންޓަނޭޝަނަލްގައި 31:48 މިނެޓުން ދުވެގެންނެވެ.

ފަޒީލަކީ މިޑްލް ޑިސްޓެންސުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އެވެ. އޭނާ ވިދާލީ 2016 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގަ އެވެ. އޭނާ ވަނީ އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި 2016 ވަނަ އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ.

"އެންމެ ފުރަތަމަ ދުވަހު ވެސް، މިއަދު މިހިރީ ހަމަ އެ ހިތްވަރުގައި. އަޅުގަނޑު އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނަން. ހުރިހާ ވިސްނުމެއް މިހިރީ އޭޝިއަން ގޭމްސް އަށް މި ވަގުތު. އިރާދަކުރެވިއްޔާ އަމާޒަށް ވާސިލްވާނަން،" ފަޒީލް ބުންޏެވެ.