މޯލްޑިވިއަން އައިޑޮލް: މުރުޝިދު ކަޓައި، ގަދަ ނުވައެއް ކަށަވަރުވެއްޖެ
މޯލްޑިވިއަން އައިޑޮލް: މުރުޝިދު ކަޓައި، ގަދަ ނުވައެއް ކަށަވަރުވެއްޖެ

ޓީވީއެމުން ދައްކާ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ގަދަ 10 އާ އެކު، ރޭ ދެއްކި އެލިމިނޭޝަން ޝޯގައި، އަބްދުﷲ މުރުޝިދް ކަޓައި ޝޯގެ ގަދަ ނުވައެއް ކަށަވަރުވެއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލް: މުރުޝިދު ކަޓައި، ގަދަ ނުވައެއް ކަށަވަރުވެއްޖެ
މޯލްޑިވިއަން އައިޑޮލް: މުރުޝިދު ކަޓައި، ގަދަ ނުވައެއް ކަށަވަރުވެއްޖެ

މުރުޝިދާ އެކު ރޭ އެންމެ ދަށްކޮށް މާކްސް ލިބގެން ބޮޓަމް ތުރީ އަށް ވެއްޓުނު ބައިވެރިންގެ ތެރޭގައި ހިމެނެނީ ގޯލްޑެން މައިކު ވެސް ހާސިލްކޮށްފައިވާ ހަސަން ޝަހުދާން އާއި އިބްރާހީމް ޝަމްވީލެވެ.

ބޮޑުބެރު ލަވަތަކުގެ ތެރެއިން އައިޑޮލްއާ ގުޅުނު މުރުޝިދަކީ ވެސް މިދިޔަ ހަފުތާގައި އެންމެ ދަށްކޮށް މާކްސް ލިބިގެން ބޮޓަމް ތުރީ އަށް ވެއްޓުނު ބައިވެރިއެކެވެ.

އެކަމަކު ހޮނިހިރު ދުވަހުގެ ރޭ އޭނާ ހުށަހަޅައި ދިން ލަވަޔަށް، ޝޯގެ ހަތަރު ޖަޖުން ކަމަށްވާ މަރިޔަމް އުނޫޝާ (ކިޑީ) އާއި އަހުމަދު އިބްރާހީމް (އައްމަޑޭ)ގެ އިތުރުން އިސްމާއީލް އައްފާނާއި ޒާރާ މުޖުތަބާގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނެވެ.

ރޭގެ އެލިމިނޭޝަން ޝޯގައި އެއް ބައިވެރިޔަކު ކެޓީ، ހުކުރު ދުވަހުގެ ރޭގެ ޝޯގައި ބައިވެރިން ހުށަހަޅައި ދިން ލަވަތަކަށް ޖަޖުންނާއި އާންމުން ދިން ވޯޓް އެއްކޮށްލައިގެން ނެރުނު ނަތީޖާ އިންނެވެ. މޯލްޑިވިއަން އައިޑޮލްގެ ހަރުފަތްތައް ބައިވެރިންނަށް ގިރާކުރެވެނީ އާންމުން ދޭ 50 ޕަސަންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސަންޓް މާކްސްއާ އެކުގަ އެވެ.

މުބާރާތުން މުރުޝިދު ވަކިވެގެން ދިޔުމާ އެކު އަންނަ ހަފުތާއަކީ ގަދަ ނުވައެއްގެ ވާދަވެރިކަން ފެނިގެން ދާނެ ޝޯއެކެވެ.

* ހަސަން ޝަހްދާން
* ސައިނާ މުހައްމަދު ރަޝީދު
* އިބްރާހީމް ޝަމީލް
* ތަލްސީމް އަބްދުލް ކަރީމް
* މަރިޔަމް މައީޝާ
* ނައުޝާދު އަބްދުއްލަތީފް
* ރައިހާން އާދަމް
* އަބްދުﷲ މުނާޒް
* އައިޝަތު އަޒަލް ޒާހިރު

ރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހެޅީ އެކޯސްޓިކް ތީމަށެވެ. އެ ތީމަށް ބައިވެރިން މަޑުމައިތިރި ރާގުތަކުގެ ހިތްގައިމު ގްރޫޕް ފަފޯމަންސްތަކެއް ވެސް ފެނުނެވެ.