24 މާޗް 2018 - 14:34

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން ހެދުމަށް އާޓިފިޝަލް ބީޗުގެ ސްޓޭޖް ނަގައި، މަގުގެ އެއް ފަރާތުގައި ހުރި ބައެއް ގަސްތައް ނަގައިފި އެވެ.
އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ބޮޑުތަކުރުފާނު މަގު އަލުން ހަދާއިރު އެ މަގުގައި 450 އެއްހާ ގަސް އިންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.
ބްރިޖް ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.