23 މާޗް 2018 - 19:49

ލުސާކާ (މާޗް 23) - ޒެމްބިއާގެ ރައީސް އެޑްގާ ލުންގޫގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ޕާލަމެންޓަށް ހުށަހަޅައިފި އެވެ.
އިތުބާރު ނެތްކަމުގެ ވޯޓުގައި ވަނީ އިދިކޮޅު ޔުނައިޓެޑް ޕާޓީ ފޯ ނޭޝަނަލް ޑިވެލޮޕްމަންޓުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށްފަ އެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕާޓީގެ ދެ މެންބަރަކު ވެސް ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ލުންގޫގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅަން ޖެހުނީ، ޕާލަމެންޓުގެ މެންބަރުން ބުނި ގޮތުގައި ސަރުކާރު ހިންގުން ދޯދިޔާވުމާއި ކޮރަޕްޝަން އިތުރުވުމެވެ. ޒެމްބިއާގެ އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ ގައުމު މިހާރު ވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފަ އެވެ.