އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ކަސްޓަމްސް ބިލްޑިންގެ ސެމިނާ ރޫމުގައި ރޭ ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 65.3 މިލިއަން ކަމަށްވީ ނަމަވެސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 62.3 މިިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިއީ 3 މިލިއަން ޑެފިސިޓް ބަޖެޓެކެވެ.

އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އެފްއޭއެމުން 65 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އެފްއޭއެމަށް މި ފަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިންނެވެ. ފީފާގެ އެހީގެ ގޮތުގައި 27 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ރިޕޯޓުގައި ހިމަނައިފަ އެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ސްޕޮންސަރުންގެ ފަރާތުންނެވެ. އެއީ 14 މިލިއަން ރުފިޔާ އެެވެ. އަދި އޭއެފްސީގެ ފަރާތުން ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ޔޫތު މިނިސްޓަރީން އެކި ކުއާޓާތަކަށް ބަހާލައިގެން ލިބޭނެ ފައިސާގެ ގޮތުގައި ހިމަނާފައިވަނީ 7.6 މިލިއަން ރުފިޔާ އެވެ. އަދި ޓިކެޓް ފައިސާގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރެވޭނީ ޓެކްނިކަލް ޑިވެލޮޕްމަންޓަށެވެ. އެގޮތުން 14 މިލިއަން ރުފިޔާ ޓެކްނިކަލް ޑިވެލޮޕްމަންޓަށް ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް (އިދާރީ ހިންގުން) އަށެވެ. އެއީ 10 މިލިއަން ރުފިޔާ އެވެ.

އެހެން ހަރަދުތަކަށް ބަލާއިރު އެކި މުބާރާތްތަކަށް އަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވިފައިވާއިރު، ގައުމީ ޓީމަށް 6.5 މިލިއަން ރުފިޔާ އަދި ރެފްރީންނަށް 3.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި އެކި ޕްރޮޖެކްޓްތަކަށް 11.5 މިލިއަން ހަރަދުވާނެ ކަމަށް ވަނީ ބެޖެޓުގައި ހިމަނައިފަ އެވެ.