ސިލްވެސްޓާ ސްޓެލޯން، ސަލްމާން ހާންގެ "ރޭސް 3" ޕްރޮމޯޓްކޮށް ދެނީ
ސިލްވެސްޓާ ސްޓެލޯން، ސަލްމާން ހާންގެ "ރޭސް 3" ޕްރޮމޯޓްކޮށް ދެނީ

ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓަ ސްޓެލޯންގެ ވީޑިއޯއެއް އިސްޓަގްރާމްގައި ސަލްމާން ހާން ހިއްސާކުރުމާ އެކު، ސްޓެލޯންގެ ފަރާތުން ވެސް އޭގެ އަގު ދައްކައިފި އެވެ.

"ރޭސް 3" ގެ ޕްރޮމޯޝަންގެ ތެރެއިންގެ އޭގެ ޕޯސްޓަރުތައް މިހާރު ފުލުފުލުން ދައްކަމުން އަންނަ އިރު، ސަލްމާން ބުނެފައި ވަނީ "ރޭސް 3" އާ އެކު ސްޓެލޯން ވެސް މި ކުރާ ކަމެއް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ މިހާރު އަންނަނީ ބޮކްސިން ފިލްމް "ކްރީޑް 2" އަށް ހަށިގަނޑު ވަރަށް ގަދައަށް ތައްޔާރު ކުރަމުންނެވެ.

ސްޓެލޯންގެ ޕްރޮމޯޓްކޮށް ދިނުމުން ބަދަލުގައި އޭނާ ވަނީ "ރޭސް 3" ގެ ފޯސްޓަރެއް އަމިއްލަ އިސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. ބޮބީ ޑީއޯލް ހިމެނޭ ޕޯސްޓަރާ އެކު، ސްޓެލޯން ބުނީ ސަލްމާންގެ ފިލްމް "ރޭސް 3" އަށް ހެޔޮދުއާތައް ފޮނުވާ ކަމަށެވެ.

އެކަމަކު ބައެއް މީހުންނަށް ސްޓެލޯން، ބޮބީގެ ޕޯސްޓަރު ޕޯސްޓް ކުރުންވީ ޖޯކަކަށެވެ. އަދި އެއީ ސަލްމާން ކަމަށް ހީކޮށް، ޕޯސްޓް ކުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށް ސްޓެލޯންގެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައިވެ އެވެ. އެހެންވެ އެއީ ސަލްމާން ނޫން ކަމަށާއި ބޮބީ ކަމަށް ކޮމެންޓްތަކުގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ސްޓެލޯންއަކީ ބޮލީވުޑާ ބީރައްޓެހި ތަރިއެއް ވެސް ނޫން ކަމެވެ. އޭނާ ވަނީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް ކުޅުނު ފިލްމް ކަމްބަކްތު އިޝްގް (2009) ގެ ހާއްސަ ފެނިލުމެއް ވެސް ކުޅެފަ އެވެ. އެހެންވެ އޭނާ އަށް ސަލްމާން ފަދަ ބޮލީވުޑްގެ އެހާ މަޝްހޫރު އެކްޓަރަކު އޮޅިދާނެތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ "ރޭސް 3" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޖޫން 15 ގަ އެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ސަނީ އާއި ބޮބީއާ އެކު، ޖެކްލީން ފެނަންޑޭޒް، ސާގިބް ސަލީބް، ޑެއިޒީ ޝާހް، އަނިލް ކަޕޫރް އަދި ސޮނާކްޝީ ސިންހާ ހިމެނެ އެވެ.