ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ

ބޮލީވުޑްގައި 100 ކްރޯޑް ކުލަބްގެ ފިލްމްތައް އުފައްދަން ކުޅަދާނަ ޑައިރެޓަރު ރޯހިތު ޝެޓީއާ ބެހޭ ގޮތުން މިހާރު ދައްކަން އޮތީ ފިލްމީ ވާހަކައެއް ނޫނެވެ. ފިލްމްތަކުގައި ވަރުގަދަ ސްޓަންޓްތައް ހެދުމަށް މަޝްހޫރު ޑައިރެކްޓަރުގެ ބޮލުގެ އިސްތަށިގަނޑަށް އައިސްފައި ހުރި ބަދަލުގެ ވާހަކަ މިހާރު ދައްކަން އެބަ ޖެހެ އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ

ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއް ލިފައިބާ ރޯހިތު، 45، ހުރީ ބޮލުގެ އިސްތަށިގަނޑު ވަރަށް ބޮޑަށް ތުނިވެ، އެއްކޮށް ތަލަވާން ކައިރިވެފަ އެވެ. އޭނާގެ ނިތްކުރިމައްޗާ ދިމާލުން އެއްކޮށް ހުރީ އިސްތަށި ފައިބައިފަ އެވެ. ރޯހިތުގެ ކުރީގެ ފޮޓޯތައް ބަލައިލީމާ އެކަން ފާހަގަ ކުރެވޭނެ އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތަލަ ގެއްލިއްޖެ

އެކަމަކު ރޯހިތުގެ ބޮލުގައި މިހާރު އިސްތަށި ގިނަ އެވެ. މި ބަދަލާ އެކު ސިފައަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ "އިންޑިއާސް ނެކްސްޓް ސްޕަސްޓާ" ޝޯގެ ޖަޖެއްގެ ގޮތުގައި ރޯހިތު ޝޯ ފެށި އިރު، އޭނާގެ ބޯ ހުރި ގޮތާއި މިހާރު ހުރޮ ގޮތް ހާސްބައި ތަފާތެވެ.

ރޯހިތުގެ ބޮލުގައި އިސްތަށި ފެޅުވީ އަނެއްކާ ކޮން ކަހަލަ ސްޓަންޓެއް ހަދައިގެން ބާވަ އެވެ؟ ޔަގީންވާ ކަމަކީ އެއީ ފޭކެއް، ވިގެއް ނޫން ކަމެވެ. ރޯހިތުގެ ބޮލަށް މި އައި ބަދަލުގެ ވާހަކަ އިންޑިއާގެ މީޑިއާތަކުގައި ވެސް މިހާރު އަންނަނީ ދައްކަމުންނެވެ. އެކަމަކު އެކަމަކާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ތަލަވާތީ އެކަމާ މާޔޫސްވެފައި ތިބި މީހުންނަށް ޔަގީނުން ވެސް ރޯހިތު މި ހެދި ޖާދުލެއްގެ ސިއްރަކީ ކޮބައިތޯ ބަލައިލަން ބޭނުން ވާނެ އެވެ.