ޓީވީ ތަރި ރިތުވިކް ދަންޖާނީ ވެސް ބޮލީވުޑް ފިލްމަކަށް ތައްޔާރު ވަނީ
ޓީވީ ތަރި ރިތުވިކް ދަންޖާނީ ވެސް ބޮލީވުޑް ފިލްމަކަށް ތައްޔާރު ވަނީ

އިންޑިއާގެ ޓީވީ ބަތަލު އަދި މަޝްހޫރު ހޯސްޓް ރިތުވިކް ދަންޖާނީ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

"ޕަވިތުރަ ރިޝްތާ" އާއި "ޕިޔާރް ކީ ޔޭ އޭކް ކަހާނީ" ފަދަ ސިލްސިލާތައް ކުޅެ، "ސްޕަ ޑާންސް" ފަދަ އެތައް ޝޯއެއް ހޯސްޓްކޮށްފައިވާ އެކްޓަރު ބުނީ އޭނާ ބޮލީވުޑަށް ނުކުންނަ ފިލްމް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް، 29 އަހަރުގެ އެކްޓަރު ނުދެ އެވެ.

"ވަރަށް އަވަހަށް ފިލްމް އިއުލާން ކުރާނެ. މި އަހަރަކީ އަހަރެންގެ އެކްޓިން އެސައިންމަންޓްތައް ގިނަ ވާނެ އަހަރެއް،" ނަޗްބަލިިޔޭ އާއި ހަތުރޯންކާ ކިލާޅީ ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ރިތުވިކް ބުންޏެވެ.

ރިތިވިކްއަކީ ޓީވީ ބަތަލާ އާޝާ ނެގީ ލޯބިވެރިޔާ އެވެ. އާޝާ މިހާރު އަންނަނީ ކަލާޒްގެ ކޮމެޑީ ޝޯ "އެންޓަޓައިންމަންޓް ކީ ރާތު" ގައި ވެސް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ރިތުވިކް އާއި އާޝާ އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.