22 މާޗް 2018 - 06:33

މިޒަމާނުގައި ކުޑަކުދިން ލައްވާ ކުޅިވަރެއް ކުޅުވުމަކީ ގިނަ ފަހަރަށް ވަރަށް އުނދަގޫކަމެކެވެ. އެކަމަކު ކުދިން ގަޔާވާ ގޮތަށް ފިޓްބިޓުން އުފައްދާފައިވާ "ފިޓްބިޓް އޭސް ކިޑްސް އެކްޓިވިޓީ ޓްރެކަ" އަކީ މިކަހަލަ ކުދިންނަށް އަމާޒުކޮށް އުފައްދާފައިވާ ސްމާޓް އުޅައެކެވެ.
ފިޓްބިޓް އޭސްއަކީ ކުދިންގެ އެކްޓިވިޓީ ގޯލްތަކާއި ފިޔަވަޅު ގުނައިދޭން އެހީތެރިވެދޭ ޓްރެކައެކެވެ. މި ލަނޑުދަނޑިތައް ހާސިލްކުރުމަށް މި އުޅައިން ހިތްވަރުދެއެވެ. އެކަމަށްޓަކައި ކުރާ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ ބެޖު ދީގެން ކުދިންނަށް އިތުރު ހިތްވަރެއް ލައިދެއެވެ.
ދުވާލެއްގެ މައްޗަށް ކުދިންގެ ހަރަކާތްތެރިކަން ހުރި މިންވަރު ބަލައިދިނުމުގެ އިތުރުން ފިޓްބިޓް އޭސް ފަރުމާކޮށްފައިވަނީ ކުދިން ނިދާ މިންވަރު ވެސް ބަލައިލެވޭ ގޮތަށެވެ. އަދި ކުދިންގެ ހަރަކާތްތައް ހުރި ނެތް ގޮތް ދެނެގަންނަން މައިންބަފައިން ބޭނުން ނަމަ ފިޓްބިޓް އެޕް މެދުވެރިކޮށް އެ ކަން ބެލޭނެއެވެ. މީގެ ފިޓްބިޓް އުޅައަކީ ކުޑަކުދިންނަށް އުފެއްދި އެއްޗަކަށްވާތީ އެކި ވަރުވަރުން ކަމަރު ލިބެން ހުރެއެވެ.
ފިޓްބިޓް އޭސް ކިޑްސް އެކްޓިވިޓީ ޓްރެކަ ފުރިހަމައަށް ޗާޖުކުރަން ހޭދަވާނީ ދެ ގަޑިއިރެވެ. އެއަށްފަހު ފަސް ދުވަސް ވަންދެން ބޭނުންކުރެވޭނެއެވެ. މީގެ އަތުކުރީ އުޅާ މިވަގުތު ލިބެން ހުރީ 102.32 އެމެރިކާ ޑޮލަރަށެވެ.