21 މާޗް 2018 - 06:35

ދުވާލުގެ ބުރަ މަސައްކަތަށްފަހު ފާޚާނާއަށް ވަދެ، މާގަނޑު ދޫކޮށްލައިގެން ފެންވަރާލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މިރުވަސްދުވާ ފެނަކުން ފެންވަރާލެވުމުންނެވެ. ސްކިން މެޖެސްޓިކް އެރޯމާ ޝަވަ ފިލްޓަރަކީ ފެނުން މީރުވަސް ދުއްވައިދިނުމުގެ އިތުރަށް ފެނުގައި ހިމެނޭ ކެމިކަލްތައް ނައްތާލައި، ކްލޯރިން ފަދަ މާއްދާތަކުން ފެން ތާހިރުކޮށްދޭ ފިލްޓަރެކެވެ.
މީގެ އެރޯމާ ޝަވަ ފިލްޓަރު، މާގަނޑާ ގުޅާކަށް އެއްވެސް އަތްމަތީ ސާމާނެއް ބޭނުމެއް ނުވެއެވެ. ސީދާ މާގަނޑުގެ ބުޑަށް ލައްވާލުމުން، މާގަނޑުން ފައިބާ ފެނަކީ އިންސާނާގެ ހަމަށާއި ފާޚާނާއަށް ވެސް ރައްކާތެރި ފެނަކަށްވެއެވެ. މީގެ އިތުރުން މި ފިލްޓަރުގައި ވިޓަމިން ސީ އާއި މި ނޫނަސް ހަމަށް ފައިދާހުރި މާއްދާތައް އެކުލެވިފައިވާތީ މިއީ ހަގީގަތުގައި ވެސް ސިއްހަތަށް ރަނގަޅު ފެންވެރުމެއް ކަމަށް ބެލެވިދާނެއެވެ.
ސްކިން މެޖެސްޓިކް އެރޯމާ ތެރަޕީ މި ވަގުތު ލިބެން ހުރީ ހަތަރު ބާވަތަކުންނެވެ. އެއީ ލެވެންޑާ އާއި ފިނިފެންމަލާއި ހުވަނދުމަލާއި ބޮޑު ލުނބޮއެވެ.