ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ
ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ހުޅުމާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އިއްޔެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވި މީހާ ރޭ މަރުވެއްޖެ އެވެ.

ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ
ހުޅުމާލޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ފުވައްމުލަކު، ރަންބަގީޗާގޭ ހަސަން މުހައްމަދު ދީދީ 32، މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނިކޮށް، ރޭ ދަންވަރު 3:30 ހާއިރު އެވެ.

އެކްސިޑެންޓަށް ފަހު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ސިކުނޑި އަށް ލޭ އެޅި ކަޅި ހުއްޓިފަ އެވެ. އޮޕަރޭޝަނަކާ ހަމައަށް ވެސް ނުދެވުނީ ހޭނޭރުމާއި ކަޅި ހުއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވެ އެވެ.

ހަސަނަކީ، އެނގިފައިވާ ގޮތުގައި ދޭތެރެދޭތެރެ އިން ފިޓުޖެހޭ ޒުވާނެކެވެ. އޭނާ އެކަނި ސައިކަލްގައި ދަނިކޮށް ޕިކަޕްގައި ޖެހުނީ ވެސް ފިޓު ޖެހުމުން ކަމަށް އެނގިފައި ވެ އެވެ.

ހަސަންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.