19 މާޗް 2018 - 16:21

މިދިޔަ ހުކުރު ދުވަހު ފަންސަވީސް މީހުންނާ އެކު އައްޑޫން މަހަށް ފުރި މަރަދޫ "ކޮންކޯޑް" ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެ އެވެ.
ދިގުމިނުގައި 108 ފޫޓު ހުރި ދޯނި ފެނުނީ އެމްއެންޑީއެފް ހެލިކަޕްޓަރުން ހޯދަމުން ދަނިކޮށް އައްޑޫއާ 32 މޭލު ބޭރުންނެވެ.
"ކޮންކޯޑް" މަހަށް ފުރީ މިދިއަ ހުކުރުދުވަހު އިރު އޮއްސުނު ފަހުންނެވެ. އެ ދޯންޏާ އެންމެ ފަހުން ގުޅުނީ ރޭ އިރު އޮއްސުނު ވަގުތު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެންމެ ފަހުން ގުޅުނު އިރު ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފަހު ދަތުރުކުރަމުން އަންނަ ކަމަށް، ދޯނީގެ ވެރިފަރާތަށް އެންގި އެވެ. ނަމަވެސް އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނައީ މިއަދު ހެނދުނެވެ.