20 މާޗް 2018 - 06:42

ސްމާޓްފޯން ބެޓެރީ އަވަހަށް ޗާޖުކުރަން ކޮންމެ ކުންފުންޏަކުން ވެސް އަމިއްލަ ޓެކްނޮލޮޖީއެއް އުފައްދަ އެވެ. ކްއިކް ޗާޖް ނިސްބަތްވަނީ ކުއަލްކޮމް އަށެވެ. ޑޭޝް ޗާޖް ވަންޕްލަސް އަށެވެ. ފާސްޓް ޗާޖިން، ރެޕިޑް އަދި ޓާބޯ ޗާޖިން ވެސް މި ސިނާއަތުގައި އެބަ އުޅެ އެވެ. ކޮށްދެނީ ހަމަ އެއް މަސައްކަތެކެވެ. ބެޓެރީ ޗާޖްކުރަން ނަގާ ވަގުތު ކުޑަކޮށްދިނުމެވެ.
ކުއަލްކޮމްއިން ކުއިކް ޗާޖް ތަރައްގީކޮށް ކޮންމެ އަހަރަކުހެން ކަހަލަ ގޮތަކަށް އަދަދެއް އެބަ އިތުރުކުރެ އެވެ. ކުއަލްކޮމް މިހާރު އުޅެނީ ކުއިކް ޗާޖް 4.0 ގަ އެވެ. އެ މިންގަނޑަށް ޝަރުތުހަމަވާ ގިނަ ފޯނުތަކެއް މާކެޓްގައި ނެތަސް، ކުންފުނީގެ ވިސްނުމަކަށް ބޮޑު ބަދަލުތަކެއް ނާދެ އެވެ.
ސްމާޓްފޯން މާކެޓްގެ މަތީ ފަށަލާގައި ބާރުގަދަ ފޯނުތައް ގިނަ އެވެ. އެއިން ކޮންމެ ފޯނެއްގައި ކުއިކް ޗާޖް ޓެކްނޮލޮޖީ ގާއިމުކޮށްފައި ހުރި ނަމަވެސް، ކްއިކް ޗާޖް 4 އަށް ޝަރުތުހަމަވަނީ މަދު ފޯނެކެވެ. އެ ފޯނުތަކުގެ ލިސްޓެއް ކްއަލްކޮމްއިން ވަނީ ހާމަކޮށްފަ އެވެ.
ކްއިކް ޗާޖް 4.0/+4.0 އަށް ޝަރުތުހަމަވާ ކަމަށް ކްއަލްކޮމްއިން ލިސްޓްކޮށްފަައި ވަނީ އެންމެ ފޯނެކެވެ. އެއީ "ރޭޒާ ފޯން" އެވެ. ނަމަވެސް އަހަރު ނިމެންވާއިރަށް މި ލިސްޓް ތަންކޮޅެއް ދިގުވާނެ ކަމަށް ބެލެވެ އެވެ.
ސްމާޓްފޯން ބެޓެރީ އަވަަށް ޗާޖްކުރުމަށް ކޮންމެ ކުންފުންޏަކުން ވަކި ނަމެއްކިޔައި ޓެކްނޮލޮޖީތައް އާންމުކުރި ނަމަވެސް، މިއީ ބޭނުންކުރާ މީހުންނަށް ވަގުތު ސަލާމަތްކޮށްދޭ މުހިންމު ތަރައްގީއެކެވެ.