ޒުވާން ވޮލީ ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް!
ޒުވާން ވޮލީ ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް!

ބަހްރޭނުގައި އަންނަ ޖުލައި މަހު އޮންނަ އޭޝިއާގެ 20 އަހަރުން ދަށުގެ ފިރިހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ވޮލީ ޓީމުގައި ހިމެނުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހުޅުވާލައިފި އެވެ.

ޒުވާން ވޮލީ ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް!
ޒުވާން ވޮލީ ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް!

ވީއޭއެމުން ބުނީ 1 ޖެނުއަރީ 1999 ގެ ފަހުން އުފަންވެފައިވާ ފިރިހެން ކޮންމެ ކުޅުންތެރިޔަކަށް ވެސް ޓީމަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވޮލީބޯޅައިގެ ހުނަރާއި ޝައުގުވެރިކަން ހުރި ކޮންމެ ކުޅުންތެރިޔަކު ވެސް ޓްރަޔަލްގައި ބައިވެރިވާން އެދޭ ކަމަށެވެ.

ޓްރަޔަލްގައި ރަޖިސްޓްރީ ވުމަށް މެސެޖް ކުރާނީ އޭޖް ގްރޫޕާއި ނަމާއި އުފަން ތާރީހު ޖެހުމަށް ފަހު 7772146 އަށެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި ވީއޭއެމުން ކަނޑައަޅާފައިވަނީ މި މަހު 22 ވަނަ ދުވަހެވެ.. ޓްރަޔަލް އޮންނާނީ މި މަހު 24 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމަ އަށެވެ.

ވީއޭއެމުން ފަހަކަށް އައިސް އަންނަނީ ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެކުލަވާލި ގައުމީ ސީނިއާ ޓީމުގެ ސްކޮޑުގައި ވެސް ގިނަ ޒުވާން ކުޅުންތެރިންތަކެއް ވަނީ ހިމެނިގެން ގޮސްފަ އެވެ. މީގެ އިތުރުން ދާދި ފަހުން ނިމުނު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފަ އެވެ.

ބަހްރޭނުން ބާއްވާ މި މުބާރާތުގައި އޭޝިއާގެ ގަދަ ބާރުތަކުން ވާދަކުރާއިރު، މިއީ މި މުބާރާތް ބާއްވާ 19 ވަނަ ފަހަރެވެ. މި މުބާރާތަކީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ބަހްރޭނުގެ ވޮލީބޯޅަ ފެޑެރޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

ބަހްރޭނުގެ މަނަމާގައި އަންނަ ޖުލައި މަހު 21 އިން 28 އަށް ބާއްވާ މުބާރާތުގެ ފައިނަލަށްދާ ދެ ޓީމަށް އަންނަ އަހަރު އޮންނަ ދުނިޔޭގެ 21 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.