"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި
"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި

ރާއްޖޭގައި އެންމެ ފަހުން ނެރެން ފެށި ދުވަހު ނޫސް "މިހާރު" އަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި އެވެ.

"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި
"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި

ރާއްޖޭގައި މި ވަގުތު ޗާޕުކޮށްގެން ނެރޭ ހަމައެކަނި ނޫހުގެ މާކެޓިން މެނޭޖަރު ޝަމްއޫން އަފީފް ވިދާޅުވީ އަލަށް ތައާރަފްކުރި ހިދުމަތާ ގުޅިގެން، ގޭގެއަށާއި އޮފީސް ފަދަ ތަންތަނަށް ނޫސް ގެންދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި
"މިހާރު" ނޫހަށް އޮންލައިންކޮށް އިޝްތިރާކު ފޯމު ހުށަހެޅޭ ގޮތް ހަދައިފި

"ކަސްޓަމަރުން ކޮންމެހެން އޮފީހަށް ވަަޑައިގެން ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެ. އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމުން މިތަނުން އެ ކަސްޓަމަރަށް ނޫސް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ. މި ހިދުމަތާ ގުޅިގެން ނޫހުގައި އިސްތިހާރު ކުރާ ފަރާތްތަކަށް ވެސް އިތުރު އެކްސްޕޯޝާއެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ފޯމް ހުށަހެޅުމަށް "މިހާރު"ގެ ވެބްސައިޓްގައި ހާއްސަ ލިންކެއް ހިމަނާފައިވާނެ އެވެ.

ޝަމްއޫން ވިދާޅުވީ ނޫހަށް އިޝްތިރާކު ދައްކަން ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މިހާރު" ނޫހުގެ ކޮޕީ މާލޭގެ އެކި ބުކްޝޮޕްތަކާއި (ނޮލެޖް ބުކްޝޮޕް، ރައުންޑްވަން ބުކްޝޮޕް، މިލިއަން ބުކްޝޮޕް، އަސްރަފީ ބުކްޝޮޕް، ރާދަ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް)، ބައެއް ފިހާރަތަކުގެ އިތުރުން ސުޕަމާޓްތަކާއި ރެސްޓޯރަންޓްތަކާއި ބައެއް ރިސޯޓްތަކުން ވެސް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ ފެރީ ޓާމިނަލް އާއި މޯލްޑިވިއަންގެ ހުރިހާ ފްލައިޓަކުން ވެސް ލިބެން ހުންނާނެ އެވެ.

އޭގެ އިތުރުން އައްޑު އާއި ބައެއް ރަށްރަށާއި ރިސޯޓްތަކާއި ނޯތު ހާބަރުގެ އިތުރުން މާލޭގެ ވަރަށް ގިނަ ކްލިނިކްތަކުގައި ކިޔުންތެރިންނަށް ވެސް ނޫސް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ނޫހަށް އިޝްތިރާކު ފޯމް ހުށަހަޅަން ބޭނުންވާ ނަމަ https://mihaaru.com/newspaper-subscription މި ލިންކުން ފޯމް ލިބިވަޑައިގަންނަވާނެ އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 7905454 އަށް ގުޅުއްވުމުން ވެސް ލިބިވަޑައިގަންނަވާނެ އެވެ.