ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ހަސަން އަލީ އަށް ހުވާ ލައިދެއްވީ، ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ފަނޑިޔާރު ކަމުގެ ފަތްކޮޅު ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގެ ޖޭއެސްސީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ހަސަން އަލީ އަކީ ކުރިން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މި ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ފަހުން އޭނާ ވަނީ އާސަންދައިގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފަ އެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި
ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ހަސަން އައްޔަން ކުރަން ނިންމީ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން މަގާމަކަށެވެ. އެ ބެންޗްގައި އިތުރު ދެ މަގާމެއް އަދިވެސް ހުސްކޮށް އެބައޮތެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.