ކެއިރެޓްޒޫގެ ކަނެކްޓެޑް ހޯމްސް ރާއްޖެ އަށް ތައާރަފްކޮށްފި
ކެއިރެޓްޒޫގެ ކަނެކްޓެޑް ހޯމްސް ރާއްޖެ އަށް ތައާރަފްކޮށްފި

ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކާ އެކު އާ، ސްމާޓް ޕްރޮޑަކްޓްތައް މާކެޓަށް ނެރުމުގައި މަޝްހޫރު ކެއިރެޓްޒޫ އިން ރާއްޖެ އަށް "ކަނެކްޓެޑް ހޯމްސް" ތައާރަފްކޮށްފި އެވެ.

ކެއިރެޓްޒޫގެ ކަނެކްޓެޑް ހޯމްސް ރާއްޖެ އަށް ތައާރަފްކޮށްފި
ކެއިރެޓްޒޫގެ ކަނެކްޓެޑް ހޯމްސް ރާއްޖެ އަށް ތައާރަފްކޮށްފި

ރާއްޖެ އަށް މި ޕްރޮޑަކްޓް ތައާރަފް ކުރީ ކެއިރެޓްޒޫގެ ދަށުން ހިންގަމުން އަންނަ ޑީއޯއޭވީންނެވެ. އެ ކުންފުނިން ބުނީ، ކަނެކްޓެޑް ހޯމްސް އިން ގޭތެރޭގެ ހުރިހާ ކަންކަމެއް އާޓިފިޝަލް އިންޓަލިޖަންސް ބޭނުން ކޮށްގެން ކޮންޓްރޯލް ކޮށްލެވޭނެ ކަމަށެވެ.

"ސިފަކޮށްލައްވާ ގެއަށް ވަންނަ އިރު ހުރިހާ ކަމެއް ވެސް އެ މީހަކު ބޭނުންވާ ގޮތަކަށް ހުންނަ ގެއެއް. ކަނެކްޓެޑް ހޯމްސްގެ ބޭނުމަކީ އެފަދަ އިހުސާސެއް ކޮންމެ މީހަކަށް ވެސް ދިނުން. ގެއަށް އަންނަ އިރު، އަލިކަން އެ މީހަކަށް އެންމެ ކަމުދާ ވަރަށް ހުރުން. ފިނިމިން އެ މީހަކު ބޭނުން މިންވަރަކަށް ބެހެއްޓުން. މިފަދަ އެތައް ފަސޭހައެއް މީގެން ލިބޭނެ،" ކެއިރެޓްޒޫގެ ސޭލްސް އެންޑް ސަޕޯޓް މެނޭޖަރު ދިވިޔާ ދާސް ވިދާޅުވި އެވެ.

- ލައިޓް ކޮންޓްރޯލް

- ދޮރުފޮތި އޮޓޯ އިން ކޮންޓްރޯލް ކުރެވޭނެ

- މުޅި ގޭގެ އޯޑިއޯ ކޮންޓްރޯލް

- ހޯމް ތިއޭޓާ އާއި ވީޑިއޯ ޑިސްޓްރިބިއުޝަން

- މޯބައިލް ކޮންޓްރޯލް

- ސެކިއުރިޓީ ކޮންޓްރޯލް

- ފިނިހޫނުމިން ކޮންޓްރޯލް

އޭނާ ވިދާޅުވީ، ކަނެކްޓެޑް ހޯމްސް އަށް އާންމުކޮށް ގެންގުޅޭ ހުރިހާ ސްމާޓް ބްރޭންޑެއްގެ ސާމާނު ވެސް ސަޕޯޓް ކުރާނެ ކަމަށެވެ. އެގޮތުން އެމެޒޯންގެ އެލެކްސާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ވާހަކަ ދައްކައިގެން ގޭތެރޭގެ ކަންކަން ކޮންޓްރޯލް ކުރުން ހިމެނެ އެވެ.

"މިސާލަކަށް މާ އަލި ގަދަވެއްޖެއްޔާ ޑިމް ކޮށްލާށޭ ބުނީމަ އެކަން ވާނެ،" ދިވިޔާ ވިދާޅުވި އެވެ.

ކެއިރެޓްޒޫ އިން ބުނީ ރާއްޖޭގެ މަތީ ފަންތީގެ ބައެއް ރިސޯޓްތަކުގައި މިހާރު ވެސް ކަނެކްޓެޑް ހޯމްސް ބޭނުން ކުރާ ކަމަށެވެ. އާންމު ގޭގޭގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ އެވެ. އެގޮތުން އެ ކުންފުނިން އެ މީހެއްގެ ބޭނުމާ އެއްވަރަށް ހާއްސަ ޕެކޭޖްތައް ދޫކުރެ އެވެ.