ވިކްޓަރީގެ ޗެއާމަން އައްސަދު އިސްތިއުފާ ދެއްވައިފި
ވިކްޓަރީގެ ޗެއާމަން އައްސަދު އިސްތިއުފާ ދެއްވައިފި

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވައިފި އެވެ.

ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ފަޔާޒް ވިދާޅުވީ އައްސަދުގެ އިސްތިއުފާ ބޯޑަށް ހުށަހެޅުމުން، ބޯޑުން ގަބޫލުކޮށްފައިވާ ކަމަށެވެ. އައްސަދު އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ފަޔާޒް ވިދާޅުވީ، މި ވަގުތު ވަގުތު ދެއްވެން ނެތީ ކަމަށެވެ.

"އަމިއްލަ ކަންކަމާ އަދި އެހެން ވެސް ބައެއް ކަންކަން ހުރުމުން ކްލަބަށް މި ވަގުތު ވަގުތު ދެއްވެން ނެތުމުން އިސްތިއުފާ ދެއްވީ،" ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ ފަޔާޒް ވިދާޅުވި އެވެ.

ބައިބަލާ އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި އައްސަދު ވިކްޓަރީގެ ޗެއާމަންގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ޖެނުއަރީ 25 ވަނަ ދުވަހުގެރޭ ބޭއްވި އިންތިހާބަށް ފަހު އެވެ.