ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް
ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް

ބެއިޖިން (މާޗް 18) - ޗައިނާގެ ރައީސް ޝީ ޖިންޕިން ދެ ވަނަ ދައުރަކަށް އިއްޔެ އިންތިޚާބު ކުރި އިރު އޭނާގެ ނައިބުގެ މަގާމަށް ޒަމާންވީ އެކުވެރިޔާ އަދި އެންޓި-ކޮރަޕްޝަން އެޖެންސީގެ ވެރިޔާ ވަން ގިޝާން ހަމަޖައްސައިފި އެވެ.

ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް
ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް

ރައީސް ޝީ ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރީ ނޭޝަނަލް ޕީޕަލްސް ކޮންްގްރެސްގެ އިއްތިފާގުންނެވެ. ގިޝާން އިންތިޚާބުކުރީ 2،969 ވޯޓުންނެވެ. އޭނާއާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ.

ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް
ޗައިނާގެ ރައީސްގެ ނައިބަކަށް އޭނާގެ ޒަމާންވީ އެކުވެރިއެއް

ނައިބް ރައީސް ކަމަށް ގިޝާން ހަމަޖެއްސުމަކީ ރައީސް ޝީގެ ބާރު އިތުރަށް ވަރުގަދަ ކުރުމެވެ. ދެ ވަނަ ދައުރަކަށް ޝީ އިންތިޚާބު ކުރުމުގެ ކުރިން ވަނީ ޗައިނާގައި އެކަކަށް އެންމެ ގިނައިން ވެރިކަމުގައި ހުރެވޭ މުއްދަތު އުވާލައިފަ އެވެ. އެހެންކަމުން ރައީސް ޝީގެ ދެ ވަނަ ދައުރާ އެކު އޭނާ އަށް އުމުރަށް ވެރިކަމުގައި ހުންނެވޭނެ އެވެ. އަދި ނައިބް ރައީސް އަށް ވެސް އެ މަގާމުގައި އުމުރަށް ދެމިހުންނެވޭނެ އެވެ.

ނައިބް ރައީސް ގިޝާން، 69، ވަނީ ޗައިނާގައި މުހިންމު ވަޒީފާތައް އަދާކުރައްވައިފަ އެވެ. އޭނާގެ ޚިދުމަތް 1980 ގެ އަހަރުތަކުގައި ފެށިގެން އައީ ކޮމިއުނިސްޓް ޕާޓީގެ ޕޮލިސީ ރިސާޗަރެއްގެ ގޮތުގަ އެވެ. ބެއިޖިންގެ މޭޔަރަކަށް 2013 ވަނަ އަހަރު ވެވަޑައިގަތުމަށް ފަހު 2007 ވަނަ އަހަރު ވަނީ ޗައިނާގައި ބާރުގަދަ ޕޮލިޓްބިއުރޯގައި ހިމެނިވަޑައިގެންފަ އެވެ. އޭގެ ފަހުން ވަނީ ކުރީގެ ރައީސް ހޫ ޖިންޓާއޯގެ ފަރާތުން އެމެރިކާއާ އެކު ވިޔަފާރީގައި މަޝްވަރާކުރި އެންމެ އިސް ފަރާތުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ގިޝާން އެންމެ ފަހުން އަދާކުރައްވާފައި ވަނީ ޗައިނާގެ ކޮރަޕްޝަނާ ބެހޭ މައްސަލަތައް ބެއްލެވުމުގެ އެންމެ އިސްވެރިޔާގެ މަގާމެވެ.

ޗައިނާގެ ރަބަ-ސްޓޭމްޕް ޕާލަމެންޓުން މިއަދު ވަނީ ބޮޑު ވަޒީރު ލި ކެގިއަން ފަސް އަހަރުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުކޮށްފަ އެވެ. އޭނާއާ އެއްކޮޅަށް 2،964 ވޯޓު ދިން އިރު ދެކޮޅަށް ދެ މެންބަރުން ވޯޓު ދިނެވެ.