17 މާޗް 2018 - 22:28

އިދިކޮޅު ފަރާތްތަކުން މިރޭ ކުރި މުޒާހަރާގައި ހުންނަވަނިކޮށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އަފީފް ހައްޔަރުކުރީ މިރޭ މަޖީދީމަގުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރި ސަރަހައްދުގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނިކޮށެވެ. ހަސަން އަފީފްގެ އިތުރުން ވެސް އިތުރު ބަޔަކު މިރޭ ހައްޔަރުކުރި އެވެ.
މިރޭ ކުރި މުޒާހަރާގައި ބައެއް މީހުން ހައްޔަރު ކުރިއިރު ރޭ ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރޭ ހައްޔަރުކުރި މީހުންގެ އަދަދު 140 އަށް އަރާ އިރު އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އިދިކޮޅު ގިނަ ބަޔަކު ވަނީ ހައްްޔަރުކޮށްފަ އެވެ.