17 މާޗް 2018 - 20:32

ޓެކްނޮލޮޖީ އަށް ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ސައިރިކްސް ކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް ޓްރެއިނިން ސެޝަނެއް މިއަދު ބާއްވައިދީފި އެވެ.
"ޓެކްނޮލޮޖީ އެންމެންނަށް"ގެ ނަމުގައި ސައިރިކްސް ކޮލެޖުން ހިންގާ އެ ޕްރޮގްރާމްގައި އިސްކަންދަރު ސްކޫލްގެ ގްރޭޑް 5-9 ގެ ދަރިވަރުންނަށް މިއަދު ވަނީ ސެޝަންތަކެއް ބާއްވައިދީފަ އެވެ. ސެޝަންތައް ބޭއްވީ ސައިރިކްސްގެ ވައިސް ރެކްޓަ މުހައްމަދު ޝަރީފެވެ.
ޓެކްނޮލޮޖީ އެންމެންނަށް ޕްރޮގްރާމްގެ ދަށުން ކުރިން ވެސް ސައިރިކްސް ކޮލެޖުން ވަނީ ވޯކްޝޮޕްތަކެއް ބާއްވައިފަ އެވެ. އެ ޕްރޮގްރާމަކީ އެ ކޮލެޖަށް 23 އަހަރު ފުރުމާ ގުޅިގެން ހިންގަން ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަކީ ހިލޭ ސާބަހަށް ހިންގާ ޕްރޮގްރާމެކެވެ.