އެއްވަނީ ދީނުގެ އަދުއްވުންނޭ ބުނުމުން ބައެެއް ޝޭހުން ރައްދު ދީފި
އެއްވަނީ ދީނުގެ އަދުއްވުންނޭ ބުނުމުން ބައެެއް ޝޭހުން ރައްދު ދީފި

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ނުކުންނަނީ އިސްލާމް ދީނުގެ އަދުއްވުން ކަމަށް ޕީޕީއެމުން މިއަދު ބުނުމުން އެކަމަށް ބައެއް ޝެއިހުން ރައްދު ދީފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިސްލާމް ދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާ އެކު ނުތިބޭނެ ކަމަށެވެ. އަދި އިދިކޮޅުގެ އެއްވުންތަކުގައި ބައިވެރިވަނީ އިސްލާމް ދީނާ ދެކޮޅު މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ހައްގުތައް ހޯދުމަށް ދީނީ މިންގަނޑު ތެރެއިން މަސައްކަތް ކުރުމަކީ އިސްލާމު ދީނުން ބޭރުވުން ކަމަށް ނުބުނެވޭނެ ކަމަށެވެ.

އިޔާޒުގެ އިތުރުން ޝެއިހް އަލީ ޒައިދު ވިދާޅުވީ، އިސްލާމް ދީނުގެ ރުކުންތައް ގަބޫލުކޮށް އަމަލުކުރާ ބަޔަކާ ދިމާއަށް ވަކި ކަމަކާ ގުޅުވައި އެއީ ދީނުގެ އަދުއްވުން ކަމަށް ނުބުނަމަކީ "ދެރަކަމެއް" ކަމަށެވެ.

"މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވޭނެ ފާޅުވެގެންވާ ކުފުރެއް ނުފެންނަހާ ހިނދަކު،" ޝެއިހް ޒައިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާގެ ބައިވެރިންނަކީ ދީނުގެ އަދުއްވުންނޭ ބުނުމުން ސޯޝަލް މީޑިއާ ގައި ވެސް ދަނީ ޕީޕީއެމަށް ފާޑުކިޔަމުންނެވެ.