17 މާޗް 2018 - 09:58

ކިތަންމެ އަވަދިނެތި އުޅުނަސް ގެއިން ބޭރަށް ދާ ނަމަ މޭކަޕްކުރުމަކީ މިހާރު އާދައަކަށް ވެއްޖެއެވެ. އެކަމަކު ކޮޓަރީގެ އަލިކަން ހުންނަ ގޮތުންނާއި މޭކަޕްކުރުމުގެ ރަގަޅު އުކުޅުތަކަށް އަހުލުވެރިނުވާތީ ބައެއް ފަހަރު މޭކަޕް ނުކޮށް ހުއްޓަސް މާ ރީތިކަމަށް ފެންނަ ކުދިން އުޅެއެވެ. "މޯރަ" ލޯގަނޑަކީ ސީދާ މޭކަޕަށް އެހީވެދޭ ސްމާޓް ލޯގަނޑެކެވެ.
މޭކަޕްގެ އުކުޅުތަކާއި މޭކަޕް ކުރެވިދާނެ ރީތި ގޮތްތަކާއި މޭކަޕްކުރަން ބޭނުންވާ ވަރުގެ އަލިކަން ގެނެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލޯގަނޑު ހުޅުވާލަން ޖެހެނީ ލޯގަނޑު ބަހައްޓާފައި ހުންނަ ބުޑުގަނޑުގައިވާ ފިތަށް އޮބާލާށެވެ. ބޭނުމިއްޔާ އަލިކަން ގަދަކޮށްލަންވީއެވެ. ނޫނީ މޭކަޕްކުރާ ޓިޔުޓޯރިއަލްއެއް ބަލައިގެން އެގޮތަށް މޭކަޕްކޮށްލަންވީއެވެ. ފޯނުން ނުވަތަ ޓެބްލެޓުން ބަލައިގެން މޫނުގައި ކުލަޖައްސަން އުޅުމަށްވުރެ ފަސޭހަވާނެއެވެ. މިއާ އެކު ހިމެނޭ ބޮޑުވާ ބިއްލޫރިއެއް ފަދަ ލޯގަނޑުކޮޅުން ލޮލުގައި ކުލަ ޖައްސަން ފަސޭހަކޮށްދެއެވެ. މޭކަޕް ނިންމާފަ ސެލްފީއެއް ވެސް ނެގޭނެ އެވެ.
މޭކަޕް ރީތިކުރުމުގައި ވަގުތު ދާ ގޮތް ނޭނގިދާނެތީ މޯރަ ލޯގަނޑު ހުންނަނީ ސޯނާ ކުރެވޭ ގޮތަށެވެ. މީގެ އިތުރުން ދުވަހުގެ މޫސުން ވެސް ބަލައިލެވެއެވެ.