ދޮޅު ލައްކަ ރުފިޔާގެ، ސްމާޓް ފާޚާނާ ތައްޓެއް
ދޮޅު ލައްކަ ރުފިޔާގެ، ސްމާޓް ފާޚާނާ ތައްޓެއް

މިހާރު ބޭނުން ކުރާ ފާހާނާތަށި ކަމުނުގޮސް އުޅޭ ނަމަ، ފާހާނާތަށި އާކޮށްލަންވީ އެވެ. މާ ބޮޑަށް ވެސް ފަސޭހަ އަދި އަރާމުކަމާއި ހިތްހަމަޖެހުމާ އެކު ފާހާނާކޮށްލެވޭ ޒަމާނީ "ސްމާޓް" ފާހާނާތަށްޓެއް މިހާރު ވަނީ ބާޒާރަށް ނެރެން ތައްޔާރުވެފަ އެވެ.

މިހާރު އާންމުކޮށް މި ބޭނުން ކުރާ ފާހާނާތަށްޓާ ހިލާފަށް "ސްމާޓް" ފާހާނާތަށްޓަކީ ބަލައިލަން ވެސް ރީތި ގޮތަކަށް ފަރުވާކޮށްފައިވާ، އޭގެ އަމިއްލަ ޒާތުގައި ހިދުމަތް ދޭން ތައްޔާރަށް ހުންނަ ފާހާނާތަށްޓެކެވެ. ބޭނުންކުރާ މީހާ ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ ތަށިމަތީގެ ކުރިމަތީގައި ހުއްޓިލައި، މަތި އޮޓޯ އިން ހުޅުވުމުން އިށީނދެ ލައި، އޭނާގެ "ވާޖިބު އަދާކޮށްލަންވީ" އެވެ. އޭގެ ފަހުން ކުރަންވީ ހުރިހާ ކަމެއް "ސްމާޓް" ފާހާނާތަށި، ހިދުމަތުގެ އެންމެ މަތީ ފެންވަރުގައި ފޯރުކޮށް ދޭނެ އެވެ.

އިތުރު ކަމަކާ ހާސް ވާކަށް ނުޖެހޭނެ އެވެ. ދޮންނަން އަމިއްލަ އަށް ކުރަން ޖެހޭ މަސައްކަތާއި ފްލަޝް ކުރުމާއި، ވަސް ނުބައިގެން ވެސް އުޅޭކަށް ނުޖެހޭނެ އެވެ. ތަށި ފަރުމާކޮށްފައި ވަނީ އެ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށް ދެވޭ ފީޗާސްތަކާ އެކުގަ އެވެ.

ޖަޕާންގެ ކުންފުންޏަކުން އުފައްދާފައިވާ މި ފާހާނާތަށްޓަށް ދީފައިވާ ނަމަކީ ޓޮޓޯ ނިއެރެސްޓް އެންއެކްސް2 އެވެ. މި ސްމާޓް ފާހާނާތަށްޓަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ އިރު، ވަރަށް އަވަހަށް އާންމުކޮށް ވިއްކަން ބާޒާރަށް ނެރޭނެ އެވެ. އަގު އުޅެނީ 11،000 ޑޮލަރުގަ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ 169،950ރ. އެވެ.

މި އަގު ބައެއް މީހުންނަށް ފަލަވެދާނެ އެވެ. އެކަމަކު "ސްމާޓް" ތަށީގެ ފުރިހަމަ ހިދުމަތްތަކާ އެކު، ކަސްޓަމަރުންގެ މޫނުމައްޗަށް ހިނިތުންވުން އަންނާނެ އެވެ. ލަގްޒަރީ ލައިފް ސްޓައިލަށް ލޯބިކުރާ މީހުންނަށް ގައިމު ވެސް "ސްމާޓް" ފާހާނާތަށްޓަކީ ވަރަށް މުހިއްމު އެއްޗެކަށް ވެދާނެ އެވެ.