15 މާޗް 2018 - 21:29

މާލޭގައި މިރޭ ކާރެއްގައި ރޯކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ކާރެއްގައި މިރޭ އިރާކޮޅު ރޯކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެކަމަކު އެ މައްސަލާގައި ފުލުހުން އިތުރަކަށް ވާހަކައެއް ނުދައްކަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.