ވަސާޗޭގެ އުފެއްދުންތަކުގައި ވެސް ޖަނަވާރުގެ ކެހެރި ބޭނުން ނުކުރަން ނިންމައިފި
ވަސާޗޭގެ އުފެއްދުންތަކުގައި ވެސް ޖަނަވާރުގެ ކެހެރި ބޭނުން ނުކުރަން ނިންމައިފި

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް "ވަސާޗޭ" ގެ އުފެއްދުންތަކުގައި ވެސް އެއްގޮތަކަށް ވެސް ޖަނަވާރުގެ ކެހެރި ބޭނުން ނުކުރަން ނިންމައިފި އެވެ. މިގޮތަށް ނިންނީ ޖަނާވަރުގެ ހައްގުތަކާއި ހިމާޔަތަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ވަސާޗޭގެ އުފެއްދުންތަކުގައި ވެސް ޖަނަވާރުގެ ކެހެރި ބޭނުން ނުކުރަން ނިންމައިފި
ވަސާޗޭގެ އުފެއްދުންތަކުގައި ވެސް ޖަނަވާރުގެ ކެހެރި ބޭނުން ނުކުރަން ނިންމައިފި

މިކަމާ ބެހޭ ގޮތުން ވަސާޗޭގެ ނައިބް ރައީސާ އަދި ޑިޒައިނަރު ޑޮނަޓެލާ ސާޗާ ބުނީ ކުރިއަށް އޮތް ތަނުގައި އޭނާގެ ބްރޭންޑަށް ޖަނަވާރުގެ ކެހެރި އެއްކޮށް މަނާ ވާނެ ކަމަށެވެ.

"ދެން ދުވަހަކު ވެސް ކެހެރި ބޭނުމެއް ނުކުރާނަން އަހަހެރެމެން އުފައްދާ އެއްވެސް އެއްޗެއްގައި،" އޭނާ ބުންޏެވެ. "އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި ކެހެރީގެ ބޭނުމުގައި ޖަނަވާރު މެރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އެކަމާ އަހަރެން މިހާރު ވަރަށް ދެކޮޅު."

އުފެއްދުންތަކުގައި ކެހެރި ބޭނުން ނުކުރަން ކުރިން ނިންމާފައިވާ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ތެރޭގައި ރާލްފް ލޯރެން، ކަލްވިން ކްލީން އަދި އަރްމާނީ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ވަސާޗޭ" ގެ ނިންމުމާ އެކު، ކުރިއަށް އޮތް ތަނުގައި އެތަނުގެ ކަލެކްޝަންތަކަށް އަަންނާނެ ބޮޑެތި ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވަނީ އާ ކްރިއޭޓިވް ޑިރެކްޓަރު ހޯދަން ވެސް އަތްފުނާ އަޅަން ފަށައިފަ އެވެ.