ސެލީނާ ގޮމޭޒްގެ ހެދުންތައް އެންމެންނަށް
ސެލީނާ ގޮމޭޒްގެ ހެދުންތައް އެންމެންނަށް

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒަކީ އަބަދު ވެސް ވަރަށް ސްޓައިލިޝް ފަންނާނެކެވެ. އެހެންވެ އޭނާގެ ފެޝަން ސްޓޭޓްމަންޓްތައް ފޮލޯކުރާ ޒުވާން އަންހެން ކުދިން ވެސް ބައިވަރެވެ. މި ސްޓައިލް ފޮލޯކުރާ މީހުންނަށް އުފާވެރި ޚަބަރެކެވެ.

އެ އިންތިޒާމު 25 އަހަރުގެ ލަވަކިޔުންތެރިޔާ ދެން މާ ލަހެއް ނުވެ ހަމަޖައްސައިދޭނެ އެވެ. ސެލީނާ މިހާރު އަންނަނީ އޭނާގެ ފެޝަން ކޯޗް ސްޓްއަޓް ވެވާޒްއާ ގުޅިގެން ހެދުމާއި އަތްބަހާއި އެކްސެސަރީޒް އާއި ލެދަރުން ތައްޔާރުކޮށްފައިވާ ގިނަ ބާވަތްތައް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ.

މިކަމާ ބެހޭ ގޮތުން އިނގިރޭސި ޑިޒައިނަރު ނެރުނު ބަޔާނެއްގައި ބުނީ އާ ހިލާޔުތަކާ އެކު ސެލީނާގެ ސްޓައިލް ރަމްޒުކޮށްދޭ އުފެއްދުންތަކެއް ނެރުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށެވެ.

"އަހަރެން މިހިރީ އެކަމާ ވަރަށް އުފަލުން. ސެލީނާއަކީ އަބަދު ވެސް އަހަރެން ވަރަށް ގަޔާވާ ސްޓައިލްތަކެއް ގެންގުޅޭ ފަންނާނެއް،" ސްޓުއަޓް ބުންޏެވެ.

ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ ރައްޓެހިވެގެން އުޅޭ ސެލީނާ ބުނީ ކޯޗާ އެކު އަމިއްލަ ކަލެކްޝަނެއް ގެނެސް ދިނުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އަހަރެން މިހާރު ކެތްމަދުވެފައި މި ހުންނަނީ މި އުފެއްދުންތައް މާކެޓުން ދޫކޮށްލަން،" އޭނާ ބުންޏެވެ. "އުންމީދު ކުރަން ކަމުދާ ވަރުގެ އެއްޗަކަށް މި ފަހަރުގެ ކަލެކްޝަން ވާނެ ކަަމަށް."