މުޒާހަރާގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ މިރުސް ފެން ޕެކެޓް ފެނިފައި: ޕޮލިސް
މުޒާހަރާގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ މިރުސް ފެން ޕެކެޓް ފެނިފައި: ޕޮލިސް

ފުލުހުންނާ ދެކޮޅަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ 105 މިރުސް ފެން ޕެކެޓު، އިދިކޮޅު މުޒާހަރާގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މީގެ އިރުކޮޅެެއްކުރިން ކުރި ޓުވީޓެއްގައި އެހެން ބުނިއިރު އެ މިރުސް ފެން ޕެކެޓް ފެނިފައި ވަނީ ކިހާ ހިސާބަކުން ކަމެއް ނުބުނެ އެވެ. އަދި އެކަމާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ވެސް ނުބުނެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ވެސް ދަނީ މަޖީދީމަގުގެ އެކި ސަރަހައްދުގައި މުޒާހަރާކުރަމުންނެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޖިލިސްގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވެސް ހިމެނެ އެވެ.