ކުރީގެ ނައިބު ރައީސް، އަދީބު ގަނެދިން ގަޑިއެއް ނޯންނާނެ: ނިޙާން
ކުރީގެ ނައިބު ރައީސް، އަދީބު ގަނެދިން ގަޑިއެއް ނޯންނާނެ: ނިޙާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް ބޭއްވި ދުވަސްވަރު ގަޑި އާއި އަގު ބޮޑު ހަދިޔާތަކެއް ލިބުނު ކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް، އެމަނިކުފާނު ގަނެދެއްވި ގަޑިއެއް ނޯންނާނެ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް، އަދީބު ގަނެދިން ގަޑިއެއް ނޯންނާނެ: ނިޙާން
ކުރީގެ ނައިބު ރައީސް، އަދީބު ގަނެދިން ގަޑިއެއް ނޯންނާނެ: ނިޙާން

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އޭނާއަށް ގަޑި ދެއްވި ފަރާތް ދުނިޔޭގައި އެބަހުންނެވި ކަމަށެވެ. އޭސީސީން ބޭނުންވެއްޖެ ނަމަ އެ ފަރާތުން މައުލޫމާތު ދޭން ހުރީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަހުމަދު އަދީބު އަބްދުލްޣަފޫރު އަޅުގަނޑަށް ގަނެދިން ގަޑިއެއް ނޯންނާނެ. އެ ވާހަކަ ވަރަށް ސާފުކޮށް ދަންނަވަން،" ނިހާން ވިދާޅުވި އެވެ.

އަދީބުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމަށް އެއްވެސް އެހީތެރިކަމެއް ލިބިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ "އަދީބުގެ ފަރާތުން ގަޑިއެއް ފައިވާނެއް ކެމެރާއެއް، އައިނެއް އެފަދަ އެއްވެސް އެއްޗެއް ލިބިފައެއް ނުހުންނާނެ" ކަމަށެވެ.

"އެއްވެސް އެއްޗެއް ލިބިފައެއް ނޯންނާނެ. އަދީބު އެއޮންނެވީ ޖަލުގައި. ބަޔާނެއް ނެރުއްވާ. އެކަމަކު ނެރުއްވިދާނެ އެ މީހުން ހިތަށްއެރި އެއްޗެއް ލިޔެފައި،" އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ދުވާލަކު އެއްފަހަރު އެކިކަހަލަ ތުހުމަތުތައް ކުރަމުންދާނެ ގޮތްގޮތް ރާވާނެ ކަމަށެވެ. އަދި އެއަށް ދޭނެ އިތުރު ޖަވާބެއް އަދި ދޭން ޖެހޭ އިތުރު ޖަވާބެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ކަމާ ބެހޭ މުއައްސަސާތައް އެބަހުރި. އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ހުޅުވިގެން ތިބެ މީޑިއާގެ ކުރިމަތީގައި މިދިޔަ 41 ދުވަހު މި ވާހަކަދައްކަން ކެރުނު ބައެއް ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ނުތިބޭނެ،" ނިހާން ވިދާޅުވި އެވެ.