ރެޑިކަަލް ވޯލްޑް ސަމިޓުގައި ޓީއެފްޖީން ރާއްޖެ ތަމްސީލް ކޮށްފި
ރެޑިކަަލް ވޯލްޑް ސަމިޓުގައި ޓީއެފްޖީން ރާއްޖެ ތަމްސީލް ކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެޑިކަލް ފިޓްނަަސް ޓްރެއިނަރުން ބައިވެރިވެގެން ބާއްވާ، ރެޑިކަލް ވޯލްޑް ސަމިޓުގައި ޓީއެފްޖީގެ ޓްރެއިނަރުން ބައިވެރިވެ، އެ ސަމިޓުގައި ރާއްޖެ ތަމްސީލް ކޮށްފި އެވެ.

ރެޑިކަަލް ވޯލްޑް ސަމިޓުގައި ޓީއެފްޖީން ރާއްޖެ ތަމްސީލް ކޮށްފި
ރެޑިކަަލް ވޯލްޑް ސަމިޓުގައި ޓީއެފްޖީން ރާއްޖެ ތަމްސީލް ކޮށްފި

ތައިވާނުގެ ޓައިޕޭގައި، މި މަހުގެ ހަތް ވަނަ ދުވަހު ފެށި ސަމިޓުގައި ރާާއްޖެ ތަމްސީލު ކުރީ ޓީއެފްޖީގެ ހަތަރު ޓްރެއިނަރުންނެވެ. އެއީ، ޓީއެފްޖީގެ ހެޑް މާސްޓާ ޓްރެއިނާ ހުސައިން ޒިނާން އާއި މާސްޓާ ޓްރެއިނަރުން ކަމަށްވާ ލަމްސާ ހުސައިން، އިބްރާހިމް ޒިހުނީ އަދި މަރިޔަމް އިނާ އެވެ.

ރެޑިކަލް ވޯލްޑް ސަަމިޓަކީ ކޮންމެ 18 މަހަަކުން އެއް ފަހަރު ބާއްވާ ހަަރަަކާތެކެވެ. މި ސަމިޓުގެ ބޭނުމަކީ ރެޑިކަލް ފިޓްނަސްގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއް ތާކަށް އެއްވެ، ގުޅުން ބަަދަހި ކުރުމެވެ.

ޓީއެފްޖީން މި ހަރަކާތުގައި ބައިވެރިވާ އިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ ކަސްރަތު ކުރުމުގެ އިންޑަސްޓްރީ އަށް އާ ކަންތައްތައް ތައާރަފްކޮށް، އިންޑަސްޓްރީ އަަށް ބޮޑެތި ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން ރެޑިކަލް ފިޓްނަސްގެ އިތުރުން، އޮބްސްޓަކަލް ރޭސިން ފަދަ ހަރަކާތްތަކުގައި ދިވެހިން ބައިވެރި ކުރުވުމަށް ޓީއެފްޖީން ބޮޑެތި މަސައްކަތްތަކެއް ކުރެ އެވެ.