ބަޣާވަތަކީ ސިފައިންގެ ތެރެ ސާފުކުރަން ލެއްވި ރަހުމަތެއް: އުރުދުޣާން
ބަޣާވަތަކީ ސިފައިންގެ ތެރެ ސާފުކުރަން ލެއްވި ރަހުމަތެއް: އުރުދުޣާން

އަންކާރާ (ޖުލައި 18) - މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަކީ ސިފައިންގެ ތެރެ ސާފު ކުރުމަށް ލެއްވި ރަހުމަތެއް ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ބަޣާވަތަކީ ސިފައިންގެ ތެރެ ސާފުކުރަން ލެއްވި ރަހުމަތެއް: އުރުދުޣާން
ބަޣާވަތަކީ ސިފައިންގެ ތެރެ ސާފުކުރަން ލެއްވި ރަހުމަތެއް: އުރުދުޣާން

ބަޣާވާތުގައި މަރުވި 290 މީހުންގެ ތެރޭން ބައެއް މީހުންގެ ޖަނާޒާގައި ބައިވެރިވެވަޑައިތުމަށް ފަހު އުރުދުޣާން ވިދާޅުވީ "ބަޣާވާތް ކުރަން މެދުވެރިވި ހުރިހާ ވައިރަހެއް" މި ފަހަރު ސާފުކޮށްލާނެ ކަމަށެވެ.

"ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް މި ވައިރަސް ނައްތާލާނަން. ކެންސަރެއް ގޮތަކަށް މި ވައިރަސް މި ވަނީ ގައުމު ހިސާރުކޮށްފައި،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާންގެ ކެމްޕޭން މެނޭޖަރު އެރޯލް އޮލްކާކް އާއި އޭނާގެ ދަރިކަލުންގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އިރު އުރުދުޣާން ގެންދެވީ ކީރިތި ކުރައްވައްމުންނެވެ. އެ މަނިކުފާން ވިދާޅުވީ ބަޣާވާތުގެ އަހުލުވެރިންނަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

ބަޣާވަތުގެ ތުހުމަތު އުރުދުޣާން އަޅުއްވާފައި ވަނީ އެމެރިކާ އަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާންގެ ބޮލުގަ އެވެ.

ބަޣާވާތަށް ފަހު ތުރުކީން މިހާތަނަށް ވަނީ 6،000 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ގާތްގަނޑަކަށް 3،000 މީހުން ހިމެނެ އެވެ. ސިފައިންގެ ތެރޭން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަސްކަރީ އިސް އޮފިސަރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ތުރުކީގެ ޝަރުއީ ދާއިރާ ސާފު ކުރުމުގެ ގޮތުން 2،700 ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.