14 މާޗް 2018 - 06:40

ދުވަސްވީ ދެ ތަރިއަކު ލީޑް ރޯލުން ފެނިގެންދާ ފިލްމެއް ބަލަން، ހޮލީވުޑްގެ ފިލްމްތަކަށް ލޯބި ކުރާ މީހުން ފޫހި ވާނެ ހެއްޔެވެ؟ ތަޖުރިބާ އާއި ހުނަރު އެ މީހުން ކިތަންމެ ރަނގަޅަށް ވެސް ދައްކުވައި ދޭނެ އެވެ.

މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ޑައިރެކްޓަރު ބިލް ކޮންޑޮންގެ އާ ފިލްމް "ދަ ގުޑް ލަޔާ" އަކީ އޮސްކާ ހާސިލްކޮށްފައިވާ ހެލެން މިރެން، 72، އާއި އޮސްކާ އަށް ނޮމިނޭޓްވި އެކްޓަރު އިއާން މެކްކެލެން، 78، ފެނިގެންދާ ފިލްމެކެވެ.
މިރެން އެންމެ މޮޅު ބަތަލާގެ އޮސްކާ ހޯދީ 2007 ގައި ފިލްމް "ކްއީން އެލިޒަބަތު 2" އިންނެވެ. މީގެ ކުރިން ވެސް ބިލްއާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްގެން، ގޯޑްސް އެންޑް މޯންސްޓާޒް (1998) އިން އިއާން ވަނީ އޮސްކާގެ މޮޅު އެކްޓަރަށް ނޮމިނޭޓްވެފަ އެވެ. އެ ފިލްމުން ބިލް އަށް އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ވެސް ލިބުނެވެ.
އޭނާ އާއި އިއާން އެންމެ ފަހުން އެކުގައި މަސައްކަތް ކުރި ފިލްމަކީ މިސްޓަ ހޯމްސް (2015) އެވެ.
"ދަ ގުޑް ލަޔާ" އަށް މިރެން އާއި އިއާން ގޮވައިގެން ބިލް ނުކުންނަ އިރު، ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. ޔަގީންވާ ކަމަކީ ފިލްމް މޮޅުވާނެ ކަމެވެ.
ފިލްމްގައި ކިޔައި ދޭނީ އޮޅުވާލައިގެން ކަންތައްތަކެއް ހާސިލް ކުރުމުގެ އާދަ ކަށީގައި ހިފާފައި ހުންނަ ޕެއިންޓަރަކު، ހުވަފަތް އަންހެނަކާ ދިމާވެގެން އޭނާގެ ހަޔާތް ބަދަލުވެގެންދާ ގޮތެވެ. "ދަ ގުޑް ލަޔާ" އަކީ 2015 ވަނަ އަހަރު ނިކޮލަސް ޝާލް ހަމަ އެ ނަމުގައި ލިޔުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ "މިސްޓް ހޯމްސް" ވެސް ލިޔުނު ޖެފްރީ ހެޗާ އެވެ.
"ދަ ގުޑް ލަޔާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.